twitterviber whatsapp telegramfacebookyoutube instagram
2nd May 2026

މޭގަންގެ ދިފާއުގައި ޕެޓްރިކް ވާހަކަ ދައްކައިފި

Mar 6, 2021

ކާމިޔާބު ސީރީޒް ސޫޓްސްގައި މޭގަން މާކަލްގެ ފިރިމީހާގެ ރޯލް ކުޅުނު ޕެޓްރިކް ޖޭ އެޑަމްސް އެކަމަނާއާއި މެދު ޝަހީ އާއިލާއިން ކުރައްވާ ތުުހުމަތުތަކާއި ގުޅިގެން ދިފާއުގައި ވާހަކަ ދައްކައިފި އެވެ.

ޕްރިންސް ހެރީ އާއި ކައިވެނި ބައްލަވައިގަތުމަށް ފަހު އެ ދެމަފިރިން ޝާހީ ގަނޑުވަރުގައި އުޅުއްވިއިރު މޭގަން އެތަނުގެ މުވައްޒަފުންތަކަކާއީ ހަނގާ ކުރިކަމަށް އިނގިރޭސި ޓައިމްސް ނޫހުން ތުހުމަތުކޮށް ނެރުނު ރިޕޯޓަކާއި ގުޅިގެން ޝާހީ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޭގަންއާ މެދު މުވައްޒަފުން ކޮށްފައިވާ ތުހުމަތު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

ޕެޓްރިކް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެނާ މޭގަންއާއި އެކު އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ކަމަށާއި އޭނާއަކީ ކަންކަމަށް އެއްބާރުލުން ދޭ، ވަރަށް ރަނގަޅު މީހެއް ކަމަށެވެ. ސޫޓްސްގައި މޭގަންގެ ފިރިމީހާގެ ރޯލުކުޅެފައިވަނީ ޕެޓްރިކެވެ.

އެފަދަ ރިޕޯޓެއް 2018 ވަނަ އަހަރުވެސް ޓައިމްސްއިން ނެރެފައިވެއެވެ. އެއިރުގެ ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މޭގަން ކެންސިންޓަން ޕެލެސްގައި ދިރިއުޅުއްވި އިރު މޭގަން މުވައްޒަފުންނަށް ހަނގާ ކުރައްވާ ކަމަށް ބުނެ އޭނާއާ ދެކޮޅަށް ޕްރިންސް ވިލިއަމްގެ ޕްރެސް ސެކްރެޓަރީއަށް ޝަކުވާއެއް ހުށައެޅިކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355