twitterviber whatsapp telegramfacebookyoutube instagram
23rd October 2026

އަންގާރަ އަދި ބުދަ ދުވަހުވެސް ވެކްސިން ޖަހާނެ: ކޭއާރުއެޗް

Mar 8, 2021

18 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ވެކްސިން ދިނުމުގެ ހަރަކާތް މި ހަފްތާގެ އަންގާރަ އަދި ބުދަ ދުވަހުވެސް ކުރިއަށްދާނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

18 އަހަރުން މަތީގެ ފަރާތްތަކަށް ކުޅުދުއްފުށީގައި ކޮވިޑް ވެކްސިން ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު އާއި އާދިއްތަ ދުވަހު އެވެ. އެގޮތުން އެންމެ ގިނަ މީހުން ވެކްސިން ޖެހީ އާދިއްތަ ދުވަހު އެވެ. އެ ދުވަހު 500 އަށްވުރެގިނަ މީހުން ވެކްސިން ޖަހާފަ އެވެ.

ކޭއާރުއެޗުން ބުނީ 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމުގެ ހަރަކާތް ކުރިއަށްގެންދަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ކަމަށެވެ.

މާދަމާ އާއި ބުދަ ދުވަހުވެސް ވެކްސިން ޖެހުމުގެ ހަރަކާތް ކުރިއަށްގެންދާނީ މެންދުރުފަހު 14:00-16:00 އަށް ކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ.

ވެކްސިން ޖެހުމަށް ވަޑައިގަންނަވާއިރު އައިޑީކާޑާއި ދާއިމީ ބައްޔަށް ބޭސްކުރާ މީހެއް ނަމަ ލިޔުންތައް ގެންދިނުމަށް ހޮސްޕިޓަލުން އެދިފައިވެ އެވެ.

ކުޅުދުއްފުށީގައި މިހާތަނަށް 2296 މީހަކު ވަނީ ވެކްސިން ކޮވިޑް ވެކްސިން ޖަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293