twitterviber whatsapp telegramfacebookyoutube instagram
9th May 2026

މިމަހު 15 ގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށަނީ

ޚަދީޖާ އާދަމް
Mar 9, 2021

މިމަހު 15 ވަނަ ދުވަހު ކޮވިޑް-19 ގެ ދެވަނަ ޑޯޒް ދޭން ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އުނގޫފާރު ރީޖިނަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ މާލޭގައި ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި މާލޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ވެކްސިން ޖަހަމުން ގެންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދެވަނަ ޑޯޒު ޖަހަން ފަށަން ޖެހޭ ކަމަށާއި ސަބަބަކީ ދެވަނަ ޑޯޒު ޖެހުމުން ނޫނީ މި ބަލިން މުޅިން ސަލާމަތް ނުވާނެތީ ކަމަށެވެ. މިހާރު ދުވާލަކު 6000-8000 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ވެކްސިން ޖަހަމުން ގެންދިޔަ ނަމަވެސް، މިނިސްޓަރު ނަސީމް ވިދާޅުވީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ފުރަތަމަ ޑޯޒު ޖަހަން ފެށި ގޮތަށް ދެވަނަ ޑޯޒު ޖަހަން ފަށާނީ ވެސް މާލެއިން ކަމަށެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ ހުސްވި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގަ އެވެ. މީގެ ކުރިން ރާއްޖޭގައި ދެވަނަ ޑޯޒު ޖަހަން ނިންމާފައި އޮތީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފުތާ ފަހުންނެވެ. ނަމަވެސް މާޗު 15 ގައި ދެވަނަ ޑޯޒް ދޭން ފަށާނަމަ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން އެ ދުވަހަށް ހަމަ ވާނީ 6 ހަފުތާއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355