twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބާރަށުން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 31 އަށް، ނުތަނަވަސްކަން އިތުރުވެއްޖެ

ޚަދީޖާ އާދަމް
Mar 9, 2021

ހއ ބާރަށު މިހާތަނަށް ނެގި 385 ސާމްޕަލްގެ ތެރެއިން އެރަށުން 31 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު އުސްމާނު އަސްރަފު ކޭއޯއަށް ވިދާޅުވީ، މިހާތަނަށް ބާރަށުން 31 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ފަހުން އެރަށުން ޕޮޒިޓިވްފެއިވަނީ 6 މީހުންނެވެ. އެގޮތުން ރޭންޑަމް ސާމްޕަލްތަކާއެކު ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ޖުމްލަ 385 ސާމްޕަލް ނަގާފައިވާނެ ކަމަށް އުސްމާނު ވިދާޅުވި އެވެ.

ބާރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނު ފުރިހަމަ ކުރި ނުވަ މީހެކެވެ. ނަމަވެސް އެމީހުންނާ ރަށުގެ ބައެއް މީހުންނާ ވަނީ ކޮންޓެކްޓުވުމާއި ގުޅިގެން ހަތަރު މީހަކު މި މަހުގެ ދެވަނަ ދުވަހު ވަނީ ޕޮޒިޓިވްވެފަ އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ބާރަށު ކައުންސިލްގެ ރައީސް އާތިފް އަބްދުﷲ ވިދާޅުވީ މިހާތަނަށް ރޭންޑަމް ސާމްޕަލްގެ ގޮތުގައި 200 ސާމްޕަލް ނަގާފައިވާއިރު އަދި މިހާތަނަށް ރޭންޑަމް އެއްވެސް ސާމްޕަލެއް ޕޮޒިޓިވްނޫން ކަމަށެވެ.

އާތިފް ވިދާޅުވީ ޒަރޫރީ ކަންކަން ފިޔަވާ އެހެން ކަމެއްގައި ރަށު ތެރެއަށް ނުކުމެ އުޅެން މަނާ ކަމަށާއި ފުލުހުންގެ ހުއްދައާ އެކު އެކި ވަގުތު ތަކުގައި ދިހަ މީހުނަށް ވުރެ ގިނަ ނުވާވަރަށް ބޭރަށް ނުކުމެ އުޅުމަށް ހުއްދަ ދެވިފައިވާނެ ކަމަށެވެ. ކަރަންޓީން ވެފައިވާ ގެޔަކަށް ތަކެތި ފޯރުކޮށްދިނުން ނުވަތަ ކުނި އުކާލުން ފަދަ އިތުރު ޒަރޫރީ ކަންކަން ކޮށްދެނީ އެރަށު ޓާސްކް ފޯހުންކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓާސްކް ފޯހުގައި މަސައްކަތް ކުރަމުންދަނީ މަދު ބައެއްކަން ފާހަގަކޮށް އާތިފް ވިދާޅުވީ މިފަދަ ވަގުތުތަކުގައި ރައްޔިތުންނަށް ދޭ ހިދުމަތްތައް ލަސްވެގެން ދިޔަނަމަވެސް ޓާސްކު ފޯހުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީ އެންމެ އަވަހަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި މި ވަގުތު ކަރަންޓީނުގެ ހާލަތުގައި އޮތްއިރު ފަރުދީ ޒިންމާ އަދާކުރުމަށް އާތިފް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް މީހުން ހިމެނޭ އިރު އެކަކު ވަނީ ށ. ފުނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355