twitterviber whatsapp telegramfacebookyoutube instagram
13th January 2026

ބާރަށުން އިތުރުން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އަދަދު 36 އަކަށް

އަބްދުލް ވާހިދު ޙަސަން
Mar 11, 2021

ހއ ބާރަށުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 36 އަކަށް އަރައިފި އެވެ.

އެރަށުން ރޭގައި ޕޮޒިޓިވްވެފައިވަނީ އެރަށު ބޭސް ފިހާރާގައި މަސައްކަތް ކުރާ ފާމަސިސްޓްގެ ތިން ކޮންޓެކްޓެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އަލާމާތް ހުރެގެން ޓެސްޓް ހެދުމުންނެވެ.

އެހެންވެ އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި 6 މީހަކު ފާހަގަކޮށް މިއަދު ޓެސްޓް ހެދި އެވެ. އަދި މީގެ އިތުރުން 53 ރޭންޑަމް ސާމްޕަލްވެސް ޓެސްޓް ކުރި އެވެ.

މިހާތަނަށް އެރަށުން ނެގި ރޭންޑަމް ސާމްޕަލްތަކުގެ އަދަދު ވަނީ 291 އަރާފަ އެވެ.

ބާރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނު ފުރިހަމަ ކުރި ނުވަ މީހެކެވެ. ނަމަވެސް އެމީހުންނާ ރަށުގެ ބައެއް މީހުންނާ ވަނީ ކޮންޓެކްޓުވުމާއި ގުޅިގެން ހަތަރު މީހަކު މި މަހުގެ ދެވަނަ ދުވަހު ވަނީ ޕޮޒިޓިވްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355