twitterviber whatsapp telegramfacebookyoutube instagram
27th September 2026

ބާރަށުން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Mar 11, 2021

ހއ ބާރަށުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 33 އަކަށް އަރައިފި އެވެ. ޕޮޒިޓިވްވި އެކަކަކީ ބޭސް ފިހާރައެއްގައި މަސައްކަތް ކުރާ ފާމަސިސްޓެކެވެ. އަނެއް މީހަކީ ކަރަންޓީނުގައި ހުރި މީހެކެވެ.

ހެލްތް އޮފިޝަލަކު ވިދާޅުވީ، ފާމަސިސްޓްގެ ކޮންޓެކްޓުންގެ ގޮތުގައި 6 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު 53 ރޭންޑަމް ސާމްޕަލާއެކު ޖުމްލަ 59 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އެ ސާމްޕަލްތައް ޓެސްޓްކުރުމަށް މިހާރު ވަނީ ކޭއާރުއެޗަށް ފޮނުވާފަ އެވެ.

ފާމަސިސްޓް ޓެސްޓްކުރީ އަލާމާތް ފެނިގެން ޓެސްޓްކުރުމުންނެވެ. މިހާތަނަށް އެރަށުން ނެގި ރޭންޑަމް ސާމްޕަލްތަކުގެ އަދަދު މިވަނީ 291 އަރާފަ އެވެ.

ބާރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނު ފުރިހަމަ ކުރި ނުވަ މީހެކެވެ. ނަމަވެސް އެމީހުންނާ ރަށުގެ ބައެއް މީހުންނާ ވަނީ ކޮންޓެކްޓުވުމާއި ގުޅިގެން ހަތަރު މީހަކު މި މަހުގެ ދެވަނަ ދުވަހު ވަނީ ޕޮޒިޓިވްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293