twitterviber whatsapp telegramfacebookyoutube instagram
28th April 2024

ބާރަށުގައި ރޯހައުސް އަޅާނެކަމަށް ރައީސް ވައުދުވެވަޑައިގެންފި

ނަބީލާ އިސްމާޢީލް
Aug 2, 2023

ދެވަނަ ދައުރެއްގައި ހއ ބާރަށުގައި ރޯހައުސް އަޅާދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ބާރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ, ބާރަށުގެ ތަރައްޤީއަށް އަދިވެސް ކުރަން ޖެހޭކަންކަން އެބަހުރިކަމަށެވެ. އެގޮތުން, ރަށުގެ ރައްޔިތުން ބޯހިޔާވަހިކަމަށް އެދޭއިރު ދެވަނަ ދައުރެއްގައި އެ ރަށުގައި ރޯހައުސް އަޅުއްވައިދެއްވާނެ ކަމަށާއި ރަށަށް މުދާ ބޭލުމާއި އެރުވުމުގައި ހުރި ދަތިތަކަށް ތިމާވެއްޓަށް ގެއްލުން ނުވާނެހެން ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގަ އެވެ.

މީގެ އިތުރުން ބާރަށު ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި ސްކޫލް އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ ދައުރުގެ ކުރީކޮޅުގައި ކޮށްދެއްވާނެ ކަމަށާއި އެ ރަށުގެ ރިންގރޯޑާއި ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ރަށު ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަންނަ މަހުގެ 9 ގައި އިންތިހާބުގައި ވޯޓު ލުމުގެ ކުރިން ވިސްނަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. ތަރައްގީއާ އެކު ކުރިއަށް ދާނީތޯ ނުވަތަ ކުރީގެ އޮތް އަނިޔާވެރިކަމަށް އެނބުރި ދާނީތޯ ވިސްނަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355