twitterviber whatsapp telegramfacebookyoutube instagram
17th April 2026

ރޯދަމަހު ވެކްސިން ޖަހާނީ ރޭގަނޑު: އެޗްއީއޯސީ

ޚަދީޖާ އާދަމް
Mar 10, 2021

ކުރިއަށް އޮތް ރޯދަ މަހު ކޮވިޑް-19 ވެކްސިން ދޭނީ ރޭގަނޑު ކަމަށް ހެލްތު އިމަޖެންސީީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރޯދަ މަހު ކޮވިޑް ވެކްސިން ދޭނީ ރޭގަނޑު ކަމަށާއި ރޯދަ މަހު ވެކްސިން ޖަހައިދޭނެ ތަންތަނާއި ވަގުތު ފަހުން ހާމަކުރާނެ ކަމަށެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލަން ނިންމާފައިވާއިރު ފުރަަތަމަ ޑޯޒް ޖަހާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށްކަމަށް ހެލްތް މިިނިސްޓަރ އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. އެއަށްފަހު ދެވަނަ ޑޯޒް ފުރަތަމަ ދޭން ފަށާނީ މާލޭގައެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި، ކޮވިޝީލްޑް ވެކްސިނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ 165،000 އަށް އަރައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355