twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވެކްސިން ޖެހި މީހުންގެ އަދަދު 165،000 އަށް އަރައިފި

ޚަދީޖާ އާދަމް
Mar 10, 2021

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 165،675 އަށް އަރައިފި އެވެ. މާލެ ސަރަހައްދުން 95،362 މީހުން ވެކްސިން ޖަހާފައި ވާއިރު އަތޮޅުތެރެއިން 70،313 މީހުން ވަނީ ވެކްސިން ޖަހާފައެވެ.

އިއްޔެ ޖުމްލަ 7،862 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 4،083 މީހުންނާއި ރަށްރަށުން 3،779 މީހުންނެވެ.

މާލޭގައި މި ވަގުތު ވެކްސިން ދޭ އަށް ތަނެއް އެބަހުއްޓެވެ. އަތޮޅުތެރޭގައި 169 ވެކްސިން ސެންޓަރު ގާއިމްކޮށްފައި ވެއެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލަން ނިންމާފައިވާއިރު ފުރަަތަމަ ޑޯޒް ޖަހާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށްކަމަށް ހެލްތް މިިނިސްޓަރ އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. އެއަށްފަހު ދެވަނަ ޑޯޒް ފުރަތަމަ ދޭން ފަށާނީ މާލޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355