twitterviber whatsapp telegramfacebookyoutube instagram
5th May 2026

10،000 ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީ ކިޔަވައިދެމުން އެބަދޭ

ޚަދީޖާ އާދަމް
Mar 10, 2021

ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް 10،000 ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ މިހާރު 10،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދެމުންދާ ކަމަށާއި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކީ ދިވެހި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

10،000 ދަރިވަރުންނާއި ހިސާބަށް ދެވުނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ހިލޭ ޑިގްރީ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ޕްރޮގްރާމުގެ ދަށުން ކިޔަވައިދޭން ފެށީ 2019 އަހަރުގެ ކުރީކޮޅެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމުން ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމަށްވާ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީން ހިލޭ ކިޔެވެ އެވެ. އަދި ރާއްޖޭގައި ހިންގާ ޕްރައިވެޓް ކޮލެޖުތަކުގެ ކޯސް ފީތަކުން ވަރަށް ބޮޑުބައެއްވެސް ދައްކައިދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355