twitterviber whatsapp telegramfacebookyoutube instagram
22nd April 2025

ޑެޑްޕޫލްގައި ކުޅުނު ކެމޯ ސީންގެ ބަދަލުގައި ބްރެޑް ބޭނުންވީ ކޮފީއެއް

ޚަދީޖާ އާދަމް
Mar 15, 2021

ޑެޑްޕޫލްގެ ދެވަނަ ފިލްމުގައި ބްރެޑް ޕިޓް ކުޅުނު ކުޑަކުޑަ ކެމޯ ސީން ގެ ފީ އެއްގެ ގޮތުގައި އޭނާ ބޭނުންވީ ކޮފީތައްޓެއް ކަމަށް ފިލްމުގެ ލީޑް ރަޔަން ރޭނޯލްޑް ބުނެފި އެވެ.

ޑެޑްޕޫލް 2 ގައި ޕިޓް ކުޅެފައިވަނީ "ވެނިޝާރ" ގެ ރޯލެވެ. ފިލްމުގައި ވެނިޝާރ އަކީ ސައިލެންޓް ކެރެކްޓާއެކެވެ. ފިލްމުގެ ރޯލުގައި އޭނާ އަކީ އިންވިސިބަލް މީހެކެވެ. ޑެޑްޕޫލްއާއެކު މިޝަންއެއްގައި އުޅެނިކޮށް ވެނިޝަރ މަރުވަނީ ކަރަންޓް ވާ ތަކެއްގައި ޖެހިގެންނެވެ.

ރަޔާން މިވާހަގަ ދެއްކުމާއި ގުޅިގެން އޭނާގެ އަންހެނުން އަދި އެކްޓާރ ބްލޭކް ވަނީ މަޖަލަކަށް އޭނާއަކީ ޕިޓްގެ ފޭނެއް ކަމަށާއި ނަމަވެސް ފިޓްގެ ސޫޓިން އޮތްދުވަހު ރަޔާން އޭނާ ސެޓަށް ނުގެންދިޔަ ކަމަށް ބުނެފައެވެ.

ޑެޑްޕޫލްގެ ކާމިޔާބު ދެ ފިލްމަށްފަހު 3 ވަނަ ފިލްމެއްވެސް ގެނެސްދިނުމަށް ވަނީ ނިންމާފައެެވެ. ނަމަވެސް ކޮވިޑް ޕެންޑެމިކް ތެރޭ ފިލްމު ވަރަށް ބޮޑަށް ލަސްވެގެން ގޮސް މިހާރު ސީދާ ސޫޓިން ފަށާނެ ސީދާ ތާރީހެއް ނޭނގޭކަމަށް މާވެލްއިން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355