twitterviber whatsapp telegramfacebookyoutube instagram
5th May 2026

ރައީސް ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޚަދީޖާ އާދަމް
Mar 16, 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަތެވެ.

ދަތުރުފުޅުގައި ރައީސް ވަނީ ގަތަރުގެ އަމީރުގެ ގަނޑުވަރަށް ވަޑައިގެން އަމީރު ޝެއިހު ތަމީމް ބިން ހަމަދު އައްސާނީ އާއި ބައްދަލު ކުރައްވާ ދެ ގައުމަށް ފައިދާވާ ކަންތައްތަކުގައި ފުރުސަތުތައް ހޯދައި އެކުގައި މަސައްކަތް ކުރަން މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒުނާ އަހުމަދު ވަނީ ގަތަރުގެ އަމީރުގެ އަނބިކަނބަލުން ޝައިޚާ ޖަވާހެރް ބިންތް ހަމަދު ބިން ސުހައިމް އައްސާނީ އެކަމަނާގެ ޝަރަފުގައި ވަކިން ބޭއްވެވި މެންދުރުގެ ޖާފަތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355