twitterviber whatsapp telegramfacebookyoutube instagram
26th April 2024

އޭޝިޔާ ސަރަހައްދުގައި ކޮވިޑްގެ ހާލަތު އެންމެ ގޯހީ ރާއްޖޭގައި

ޚަދީޖާ އާދަމް
Mar 16, 2021

ދެކުނު އޭޝިއާ ސަރަހައްދުގައި އާބާދީގެ ނިސްބަތަށް ބަލާއިރު ކޮވިޑް-19ގެ ހާލަތު އެންމެ ގޯހީ ރާއްޖޭގައި ކަމަށް، ބައެއް ދިރާސާތަކުން ދައްކައިފި އެވެ.

އެގޮތުން ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ، އޮބްޒާވް ރިސާޗު ފައުންޑޭޝަން (އޯއާރުއެފް) ގެ ހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އެއް މިލިއަން މީހެއްގެ ނިސްބަތުން 39،594 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

މީގެ އިތުރުން މީހުން މަރުވާ ރޭޓަށް ބަލާއިރު، ނިސްބަތުން އެންމެ ގިނައީ ރާއްޖޭގެ އިތުރުން އިންޑިއާގަ އެވެ. ދިރާސާގައި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް ދައްކާ ގޮތުން ރާއްޖެއިން 117 މީހުން މަރުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސް ކަމަށް ދިރާސާތަކުން ދައްކާ މައިގަނޑު ސަބަބަކީ އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ބައްޔަށް ޓެސްޓު ކުރާ ނިސްބަތް ގިނަވުމެވެ. އެއީ ޓެސްޓު ކުރާ ނިސްބަތް އިތުރުވި ވަރަަކަށް، ޕޮޒިޓިވް މީހުން ފެންނަލެއް ގިނަވާނެތީ އެވެ.

ދެން މި ސަރަހައްދުން ކޮވިޑްގެ ހާލަތު އެންމެ ގޯހީ، ނޭޕާލުގަ އެވެ. އެގޮތުން ކޮންމެ އެއް މިލިޔަން މީހުންގެ ތެރެއިން، 9،335 މީހުންނަށް ބަލި ވަނީ ޖެހިފަ އެވެ.

އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިންޑިއާގައެވެ. މި ނިސްބަތުން ބަލާއިރު ކޮންމެ އެއް މިލިޔަން މީހުންގެ ތެރެއިން ބަލި ޖެހިފައިވަނީ 8،211 މީހުންނަށެވެ. ދެން ހާލަތު އެންމެ ގޯހީ ސްރީ ލަންކާގަ އެވެ

މި ދިރާސާއިން ދައްކާގޮތުގައި މި ސަރަހައްދުން ކޮވިޑްގެ ހާލަތު އެންމެ ރަނގަޅީ ބޫޓާނުގަ އެވެ. އެ ގައުމުގައި ބަލި ޖެހިފައިވަނީ ކޮންމެ މިލިއަނަކުން، 1،116 މީހުންނަށެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު އުޅެނީ 21،000ގަ އެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ، 2،350 މީހުންނެވެ. ކޮވިޑް ޖެހިގެން 64 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355