twitterviber whatsapp telegramfacebookyoutube instagram
25th March 2026

ކެލާ ތުނޑީގައި 100 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމަށް ފެޑޯއާ ހަވާލުކޮށްފި

ޚަދީޖާ އާދަމް
Mar 16, 2021
1

ހއ ކެލާ ތުނޑީގައި ޓޫރިސްޓު ކޮޓަރިތަކެއް އަޅައި އެ ސަރަހައްދު ތަރައްގީކުރަން ފެޑޯ ކުންފުންޏާ މިއަދު ހަވާލު ކޮށްފި އެވެ.

އެގޮތުން މޫދާއި ގޮނޑުދޮށް ރީތި ކެލާ ތުނޑި ސަރަހައްދުގައި ޓޫރިޒަމަށް ހާއްސަކޮށްގެން 100 ކޮޓަރި މި އެއްބަސްވުމުގެ ދަށުން ތަރައްގީކުރާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރަަހިމް ފަރުހާދެވެ. އަދި ފެޑޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަޔާޒެވެ.

މި ކޮޓަރިތައް އަޅާނީ ރިސޯޓުތަކުގެ ކޮޓަރިތައް ހުންނަ ގޮތަށް ކަމަށް ފެޑޯއިން ބުންޏެވެ. މި ޕްރޮޖެކްޓު ހިންގުމަށް އަށް ހެކްޓަރުގެ ބިން ފެޑޯއާ ހަވާލުކުރާނެ އެވެ. މި ޕްރޮޖެކްޓު ނިންމަން 30 މަސް ދުވަހުގެ މުއްދަތެއް ވަނީ އެ ކުންފުންޏަށް ދީފަ އެވެ.

ފެޑޯއިން ބުނީ ކޮޓަރިތައް ހެދުމުގައި އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ފައިދާވާނެ ގޮތަށާއި ތިމާވެއްޓަށް ގެއްލުން ނުވާ ގޮތްތަކަށް ބަލާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓާ އެކު ތިލަދުންމަތީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355