twitterviber whatsapp telegramfacebookyoutube instagram
26th September 2026

ހދ އަތޮޅުން 8800 މީހުން ވެކްސިން ޖަހައިފި

އަބްދުލް ވާހިދު ޙަސަން
Mar 17, 2021

ހދ އަތޮޅުގައި ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު 8000 އަށް އަރައިފި އެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މިއަތޮޅު މިއަދުގެ ނިޔަލަށް 8800 އަށް މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.

ވަކިވަކި ރަށްތަކުން ވެކްސިން ޖެހި އަދަދުތަކަށް ބަލާއިރު ކުޅުދުއްފުށި ސިޓީން 4641 މީހަކު ވެކްސިން ޖެހިއިރު ނޮޅިވަރަމުން 604 މީހަކު ވެކްސިން ޖަހާފައިވެ އެވެ.

އަދި 600 މީހުން ހަނިމާދޫން ވެކްސިން ޖެހިއިރު މަކުނުދޫއިން 492 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ. އިތުރު ރަށްތަކަށް ބަލާލާއިރު ނޮޅިވަރަންފަރުން 489 މީހަކު ވެކްސިން ޖަހާފައިވެ އެވެ. އަދި ވައިކަރަދޫއިން 363 މީހަކު، ނެއްލައިދޫއިން 356 މީހުން، ނޭކުރެންދޫއިން 301 މީހަކު ކޮވިޑް-19 ވެކްސިން މިހާތަނަށް ޖަހާފައިވެ އެވެ.

މީގެ އިތުރުން ކުމުންދޫއިން 286 މީހަކު ވެކްސިން ޖަހާފައިވާއިރު ކުރިނބީ 189 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ. ފިނޭއިން 180 މީހުން ވެކްސިން ޖެހިއިރު ނާވައިދޫއިން ވެކްސިން ޖަހާފައިވަނީ 179 މީހެކެވެ. އަދި ހިރިމަރަދޫއިން މިހާތަނަށް ވެކްސިން ޖަހާފައިވަނީ 120 މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293