twitterviber whatsapp telegramfacebookyoutube instagram
19th August 2026

ބަންގްލަދޭޝްއާއެކު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ޚަދީޖާ އާދަމް
Mar 18, 2021

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ. ކޭ. ޢަބްދުލް މޮމެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.

ޑރ. އޭ. ކޭ. ޢަބްދުލް މޮމެން ރައީސްގެ އަރިހަށް ކުރެއްވި މި އިހްތިރާމުގެ ޒިޔާރަތުގައި ވަނީ ތަރައްގީގެ ރޮނގުން އެކުގައި މަސައްކަތްކުރުމަށާއި ހާއްސަ ގޮތެއްގައި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް މަޝްވަރާކުރައްވާފަ އެވެ. އަދި ބައިނަލްއަގުވާމީ މަޝްރަހުގައި އެކުގައި މަސައްކަތްކުރުމަށާއި ހިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށްވެސް މަޝްވަރާތައް ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ރައްކާތެރިކަން މި ސަރުކާރުން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރ ވަނީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އަމިއްލައަށް އެދިގެން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންނަށް އެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސަރުކާރުން އިސް ނަގައިގެން ހިންގާ ޕްރޮގުރާމަށް ތައުރީފު ކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355