twitterviber whatsapp telegramfacebookyoutube instagram
21st December 2025

ހައްޖަށް ދިއުމުގެ ކުރިން ވެކްސިންގެ ދެ ޑޯޒްފުރިހަމަ ކުރަން ޖެހޭ

ޚަދީޖާ އާދަމް
Mar 20, 2021
2

މި އަހަރު ހައްޖަށް ދިއުމުގެ ކުރިން ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ސައުދީ ސަރުކާރުން ހަމަޖައްސައިފި އެވެ.

ހައްޖުވެރިން ސައުދީއަށް އެތެރެވުމާ އެކު، އެ ގައުމުގައި 72 ގަޑިއިރު ކަރަންޓީން ކުރާނެ އެވެ. އަދި ކަރަންޓީނުން މިނިވަންވާނީ ސައުދީގައި ޕީސީއާރު ޓެސްޓް ހެދުމަށް ފަހު އެ ނެގެޓިވްވުމުންނެވެ.

ސައުދީގެ ހެލްތު މިނިސްޓްރީން ނިންމާފައިވަނީ ހައްޖުގެ އަޅުކަމަށް އެ ގައުމަށް އެތެރެވުމުގެ އެއް ހަފުތާ ކުރިން ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ލާޒިމް ކުރުމަށެވެ. އަދި ސައުދީއަށް ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއް ވެސް އޮތުން ލާޒިމް ކުރަން ސަރުކާރުން ނިންމާފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.

ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު އުމުރުން ދުވަސްވީ މީހުންނަށް ހައްޖުވުމުގެ ފުރުސަތު ނުދޭން ވެސް ނިންމާފައިވާ ކަމަށާއި އެގޮތުން މި އަހަރު ހައްޖަށް ދެވޭނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ކަމަށްވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355