twitterviber whatsapp telegramfacebookyoutube instagram
14th January 2026

އަތޮޅުތެރޭގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށްވެސް އެލަވެންސް ލިބޭނެ

ޚަދީޖާ އާދަމް
Mar 22, 2021

އަތޮޅުތެރޭގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށްވެސް ފްރޮންޓްލައިން އެލަވެންސް ލިބނެކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

މައިމޫނާ މިހެން ވިދާޅުވީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީ ބައްދަލުވުމެއްގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އޭނާ ވިދާޅުވީ އަތޮޅު ތެރޭގައި މަަސައްކަތްކުރާ މީހުންނަށް ވެސް އޮންނަ އުސޫލުގެ ދަށުން ފްރޮންޓްލައިން އެލަވަންސް ލިބޭނެ ކަމަށާއި ނަމަވެސް ލަސްތަކެއް ވެދާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ކެޓަގަރީ އަކަށް ބަހާލައިގެން ހާއްސަ އެލަވަންސް އެއް ދިނުމަށް ނިންމާފައި ވަނީ މިދިޔަ މޭ މަހު އެވެ. އެއީ ހައި ރިސްކު ކެޓަގަރީ، މީޑިއަމް ރިސްކު ކެޓަގަރީ، އަދި ލޯ ރިސްކު ކެޓަގަރީ އެވެ.

އެގޮތުން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުންނަށް އެލަވަންސް ވަނީ ދީފައިވާއިރު އެއީ 2.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.

ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށް ދުވާލަކަށް 500 ރުފިޔާ އެލަވަންސްގެ ގޮތުގައި ދޭން ނިންމިއިރު މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް ދިނުމަށް ނިންމީ 250 ރުފިޔާ އެވެ. އަދި ލޯ ރިސްކް ކެޓަގަރީ ގައި ހިމެނޭ މީހުންނަށް ދޭން ނިންމީ ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355