twitterviber whatsapp telegramfacebookyoutube instagram
16th December 2025

ދައުލަތުގެ ދަރަނި 86 ބިލިއަނަށް އަރައިފި

Mar 22, 2021
1

ރާއްޖޭގެ ޖުމްލަ ދަރަނި 86.5 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފަސް ހިސާބުތަކުން ދައްކައިފި އެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނީގެ ޖުމްލަ އަކީ 67.9 ބިލިއަން ރުފިޔާ އެވެ. ދެހާސް އަށާރަވަނަ އަހަރު ނިމުނު އިރު ޖުލްމަ ދަރަނި ހުރީ 48.2 ބިލިއަން ރުފިޔާގަ އެވެ.

މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 44 ބިލިއަން ރުފިޔާގަ އެވެ. އެތެރޭގެ ދަރަނި 42.5 ބިލިއަނަށް އަރަ އެވެ. ބޭރުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 76 ޕަސެންޓުގަ އެވެ. އެތެރޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 73 ޕަސެންޓުގަ އެވެ.

ޖުމްލަ ދަރަނީގެ ނިސްބަތް ހުރީ ޖީޑީޕީ އާއި އަޅަބަލާއިރު 149 ޕަސެންޓުގަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީ ހުރި 57.9 ބިލިއަން ރުފިޔާގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355