twitterviber whatsapp telegramfacebookyoutube instagram
27th April 2024

ގަމުގެ މިސްކިތްތަކާއި އިޖުތިމާއީ މަރުކަޒުގައި ސޯލާ ޕީވީ ގާއިމުކުރަން އެއްބަސްވެއްޖެ

Mar 23, 2021

ފެނަކަ ކޯޕަރޭޝަނުން ލ ގަމުގެ ފަސް މިސްކިތަކާއި އިޖުތިމާއީ މަރުކަޒުގައި ސޯލާ ފީވީ ނިޒާމު ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. ގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމެވެ.

މިރަސްމީޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ފެނަކައަށް އިތުރު މަޝްރޫއު ތަކެއް ލިބުމަށް މަގުފަހި ވެގެން ދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި މި ސޮއި ކުރެވުނު އެއްބަސް ވުނަތަކަކީ ތާރީހީ އެއްބަސް ވުންތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ފެނަކައިގެ އަމާޒަކީ ހަކަތަ އުފައްދާއިރު ވީހާވެސް ބޮޑަށް، ތިމާވައްޓަށް ފައިދާވާނެ ގޮތަށް މަސައްކަތް ކުރުން ކަމަށާއި އެގޮތުން މިއަހަރުގެ ނިޔަލަށް، 12 މެގަވޯޓުގެ ކަރަންޓު އިއާދަކުރަނަވި ހަކަތައިން އުފެއްދުމަށް އަމާޒު ހިފާފައި ވާނެ ކަމަށެވެ. އަދި އެކަމަށްޓަކާ ޅ އޮޅުވެލިފުށީގައި 150 ކިލޯވޯޓްގެ ސޯލާ ޕެނަލް ހަރުކޮށް ކަމިޝަން ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ހަމައެއާއެކު 6 މެގަވޯޓްގެ ޕީވީ ރަށްރަށުގައި އިންސްޓޯލްކުރުމަށްޓަކާ ހޯދުމަށް ބީލަމަށް ހުޅުވާލެވިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

މިހާރުވެސް ފެނަކައިން ދަނީ އިއާދަކުރަނަވި ހަކަތައިން 8 މެގަވޯޓުގެ ކަރަންޓު އުފައްދާ އޭގެ ބޭނުން ކުރަމުންނެވެ. އަދި އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ފައިސާ ސަލާމަތް ކުރެވޭކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355