twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަމާޒަކީ ރަށްރަށުގައި އުފައްދާ ކަރަންޓްގެ 70 އިންސަތަ އިޔާކުރަނިވި ހަކަތައަށް ބަދަލުކުރުން: ސައީދު

އަބްދުލް ވާހިދު ޙަސަން
Mar 23, 2021

ފެނަކައިގެ އަމާޒަކީ އެ ކުންފުނިން ރަށްރަށުގައި ދޭ ކަރަންޓް ހިދުމަތް 70 އިންސަތަ ސޯލާ ނުވަތަ ރިނިއުބަލް އެނާޖީއަށް ބަދަލުކުރުންކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ލ ގަމުގައި ފަސް މިސްކިތާއި އިޖުތިމާއީ މަރުކަޒުގައި ސޯލާ ޕީވީ ހަރުކުރުމަށް އެރަށު ކައުންސިލާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ސައީދު ވިދާޅުވީ، ރައީސް ސޯލިހްގެ ސަރުކާރުގެ ސިޔާސަތަކީ 2023 ވަނަ އަހަރާހަމައަށް ރާއްޖޭން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކޮށް 2030 ވަނަ އަހަރު މުޅި ރާއްޖެ ކާބަން ނިއުޓްރަލް ގައުމަށް ހެދުން ކަމަށެވެ.

އަދު ސަރުކާރުގެ އެ ސިޔާސަތު ތަންފީޒުކުރުމަށްޓަކާ ފެނަކައިން ރެއާ ދުވާލު މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެނަކައިގެ އަމާޒަކީ ހަކަތަ އުފައްދާއިރު ވީހާވެސް ބޮޑަށް، ތިމާވެއްޓަށް ފައިދާވާނެ ގޮތަށް މަސައްކަތް ކުރުން ކަމަށާއި އެގޮތުން މިއަހަރުގެ ނިޔަލަށް، 12 މެގަވޯޓުގެ ކަރަންޓު އިއާދަކުރަނަވި ހަކަތައިން އުފެއްދުމަށް އަމާޒު ހިފާފައި ވާނެ ކަމަށެވެ. އަދި އެކަމަށްޓަކާ ޅ އޮޅުވެލިފުށީގައި 150 ކިލޯވޯޓްގެ ސޯލާ ޕެނަލް ހަރުކޮށް ކަމިޝަން ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ހަމައެއާއެކު 6 މެގަވޯޓްގެ ސޯލާ ޕީވީ ރަށްރަށުގައި އިންސްޓޯލްކުރުމަށްޓަކާ ހޯދުމަށް ބީލަމަށް ހުޅުވާލެވިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"މިވަގުތު ފެނަކައަށް 8 މެގަވޯޓް ސޯލާ ޕެނަލްގެ ކަރަންޓް އަޅުގަނޑުމެން ބޭނުންކުރަން. ނަތީޖާއަކީ އަހަރެއްގެ މައްޗަށް ދިހަވަރަށް މިލިއަން ރުފިޔާގެ ކުންފުންޏަށް ސަލާމަތްވުން. ބޭކާރުވެގެންދާ ލާރި. ގެއްލުންވަމުންދާ ލާރީގެ ގޮތުގައި ދިހަވަރަކަށް މިލިއަންރުފިޔާގެ ކުންފުންޏަށް ފައިދާވަމުން." ފެނަކަ އެމްޑީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355