twitterviber whatsapp telegramfacebookyoutube instagram
25th April 2024

މިހާތަނަށް ކުޅުދުއްފުށި ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް!

އަބްދުލް ވާހިދު ޙަސަން
Mar 26, 2021

ބުދަ ދުވަހު ކުޅުދުއްފުށި ސިޓީން ފެނުނު ކޮވިޑް-19 ގެ ކޭސްތަކާ ގުޅިގެން މިހާތަނަށް ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކޭއާރުއެޗުގައި އެޑްމިޓްކޮށްފައިވަނިކޮށް ބަލި ޖެހިފައިވާކަން އެނގުނީ ނައިފަރު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ފޮނުވި މީހެކެވެ. އަދި އޭނާގެ ދެ އެހީތެރިޔާ އެވެ. މި މީހުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިމަހު 23 ވަނަ ދުވަހު އެވެ.

ޕޮޒިޓިވްވިކަން އެނގުނު ހަތަރު ވަނަ މީހަކީވެސް ނައިފަރުން އިތުރު ފަރުވާއަށް އައި މީހެއްގެ ފިރިމީހާ އެވެ. އެމީހަކީ ފެލިވަރުގައި މަސައްކަތްކުރާ މީހެކެވެ. އެ މީހުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިމަހު 21 ވަނަ ދުވަހު އެވެ.

އެ ކޭސްތަކާ ގުޅިގެން މިހާތަނަށް ދެ ދުވަސް މަތިން 200 ސާމްޕަލް ނަގާފައިވާއިރު އެ ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްވެފައިވާކަން ކޭއާރުއެޗުން ވަނީ ހާމަކޮށްފަ އެވެ. ކުރިން ނެގި 70 ސާމްޕަލް ނެގެޓިވްވެފައިވާއިރު މިއަދު ނެގެޓިވްވެފައިވާކަން ހާމަކޮށްފައިވަނީ 133 ސާމްޕަލެވެ.

ހޮސްޕިޓަލުން ބުނީ އެ ސާމްޕަލްތަކުގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންނާއި ރޭންޑަމް ސާމްޕަލްވެސް ހިމެނޭނެ ކަމަށެވެ. އަދި ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ކައިރި ބައެއް ރަށްތަކުންވެސް ސާމްޕަލް ނެގި އެވެ.

މޮނިޓަރިންގެ ހާލަތު އުވާލެވެންދެން އަދި މި ދުވަސްވަރު ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރެމުން ދާތީ މާސްކު އަޅާ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އެންމެހާ ރައްޔިތުންނަށް ކޭއާރުއެޗުން އިލްތިމާސް ކުރެ އެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ކޭއާރުއެޗުގެ ކޮވިޑް ހޮޓްލައިން 7606688 އާ ގުޅާ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެ ފަރާތުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355