twitterviber whatsapp telegramfacebookyoutube instagram
15th July 2025

އެންމެ ފަހުން ކޮވިޑް ވެކްސިން ޖެހި ތަރިއަކަށް ސަލްމާން

ޚަދީޖާ އާދަމް
Mar 27, 2021

ބޮލީވުޑް ތަރިންގެ ތެރެއިން އެންމެ ފަހުން ވެކްސިން ޖެހި ތަރިއަކީ ސަލްމާން ޙާން އެވެ. ސަލްމާން ކޮވިޑް ވެކްސިންގެ ފުރަަތަމަ ޑޯޒް ޖަހާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.

ވެކްސިން ޖެހިކަން ސަލްމާން ވަނީ ޓްވިޓާގައިވެސް ހާމަކޮށްފައެވެ. އެންމެ ފަހުން ކޮވިޑް ވެކްސިން ޖެހި ތަރިންގެ ތެރޭގައި ޖޯނީ ލިވާ، ސަންޖޭ ދަތު، ކަމަލް ހަސަން އަދި ދަރުމެންދްރަ ހިމެނެެއެވެ.

ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާނީ މި އަހަރު ފިތުރު އީދުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު ރާދޭ އިންނެވެ. މިއީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ އެކްޝަން ފިލްމެކެވެ.

ސަލްމާންގެ ރާދޭ މި އަޅުވަނީ ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ 2" ދާދި ގާތުގައެވެ. ރާދޭ ގެ ބަތަލާ އަކީ ސަލްމާންގެ 2019 ގެ ފިލްމު "ބާރަތު" ގެ ރޯލެއް ވެސް ކުޅުނު ޑިޝާ ޕަޓާނީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355