twitterviber whatsapp telegramfacebookyoutube instagram
17th August 2025

ވައިކަރަދޫ ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވައިފި

އަބްދުލް ވާހިދު ޙަސަން
Mar 31, 2021
1

ހދ ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް މަގާމުންނާއި މެމްބަރުންކަމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާދެއްވިކަން ކޭއޯއަށް ޔަގީންކޮށްދެއްވަމުން ނަސީމް ވިދާޅުވީ، ކައުންސިލްގެ ދައުރުވެސް ހަމަވެފައިވާތާ ދުވަސްތަކެއްވެފައިވާތީ އާއި މީހުން ބިނާކުރުމުގެ ދާއިރާއަކީ އޭނާ އަބަދުވެސް ޝައުގުވެރިވާ ދާއިރާއެއްކަމުން އެފަދަ ފުރުސަތު ލިބުމުން ކައުންސިލް މެމްބަރުން ކަމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

" އަޅުގަނޑުމެން އަބަދުވެސް މިދައްކަނީ މީހުން ބިނާކުރަން ޖެހޭ ވާހަކަ. އެކަމުގެ މުހިންމުކަމުގެ ވާހަކަ." ނަސީމް ވިދާޅުވި އެވެ.

ކުރީ ދައުރުގައިވެސް މެމްބަރުކަން ކުރެއްވި ނަސީމް ދެން ފެންނާނީ ޓީޗަރެއްގެ ގޮތުގައި އެވެ. އޭނާއަށް ވަޒީފާ ހަމަޖެހުނީ އެރަށުގައި ހުންނަ ހދ އަތޮޅު ސްކޫލުންނެވެ.

ނަސީމަކީ އެމްޑީޕީގެ މެމްބަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355