twitterviber whatsapp telegramfacebookyoutube instagram
10th August 2026

ދެވަނަ ޑޯޒަށް ފަހު ކަރަންޓީނާ ނުލައި ދަތުރު ކުރެވޭނެ: މަބްރޫކް

ޚަދީޖާ އާދަމް
Mar 31, 2021

އެޕްރީލް މަހުގެ ތިންވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންފަށާނެ ކަމަށާއި އެއަށްފަހު ކަރަންޓީނާ ނުލައި ދަތުރު ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާރސަން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ވެސް އެކަން އެގޮތަށް ހިނގާނެ ކަމަށާއި ރާއްޖޭގައި ވެސް އަތޮޅުތެރެއަށް ދަތުރުކުރެވޭނެ ގޮތް ހެދިގެންދާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް އަދި ވަކި ތާރީހެއް އަދި ދެންނެވެން ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިކަމުގެ މަޝްވަރާތައް ސަރުކާރުގެ ތެރޭގައި މިހާރުވެސް ކުރެވެމުންދާކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ.

މަބްރޫކު ވިދާޅުވީ، އެޕްރީލް މަހުގެ 3 ވަނަދުވަހު ދެވަނަ ޑޯޒް ޖަހަންފަށާ، މެއި މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރާއްޖޭގައި މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު އުޅެނީ ދެލައްކަ ތިރީސް ފަސް ހާހުން މަތީގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355