twitterviber whatsapp telegramfacebookyoutube instagram
28th March 2024

މާލެ ސަރަހައްދުގެ ކާފިއު އުވާލައިފި

ޚަދީޖާ އާދަމް
Apr 1, 2021

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު އުވާލައިފި އެވެ. ކާފިއު އުވާލުމުން މިރޭ 11:00 ފެށިގެން ފަތިހު 4:30އަށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ވަނީ ބާތިލްކޮށްފަ އެވެ.

ކާފިއު އުވާލުމާއެކު ލުއިތަކެއްވެސް ވަނީ ދީފައެވެ. އެގޮތުން އެޗްޕީގެ ގައިޑްލައިނާ އެއްގޮތަށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވައިލުމާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވަން ހުއްދަ ދިނުން ހިމެނެނެއެވެ.

އަދި ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކްތައް ހުޅުވައިލުމާއި ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުޅުވައިލުމަށްވެސް ވަނީ ނިންމާފައެވެ.

މި ކަންކަމަށް ލުއިދިން ނަމަވެސް އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމާއި، ޚާއްޞަ ހުއްދައިގެ ދަށުން ޟަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓު އޮތުންފަދަ ފިޔަވަޅުތަކަށް އަދިވެސް ދެމެހެއްޓުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، މާލެ ސަރަޙައްދުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުމުގެ އިތުރުން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށްވެސް ވަނީ އަންގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355