ކޮވިޑް-19 ގެ އާ ވޭރިއެންޓްތައް ފެތުރެމުންދާތީ އިންގްލޭންޑަށް ދަތުރުނުކުރެވޭ ގައުމުގެތަކުގެ ލިސްޓުގައި ޕާކިސްތާނު ހިމަނައިފި އެވެ.
މިހާރު ފިލިޕީންސް، ކެންޔާ، އަދި ބަންގްލަދޭޝް ރޫޓުން އެގަމަށް އެތެރެވުން ވަނީ މަނާކޮށްފައެވެ. އެގޮތުން ފާއިތުވި 10 ދުވަސްތެރޭ އެ ރޫޓު ދަތުރުކޮށްފައިވާ ފަރާތްތަކަށް މިމަހު 9 ވަނަ ދުވަހުން ފެށިގެން އިންގްލެންޑަށް ނުވަދެވޭނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް އައިރިސް ޕާސްޕޯޓާއި ޔޫކޭގެ ރައްވެހިކަން އޮންނަ މީހުންނަށް އެ ރޫޓޫން ދަތުރު ކުރޭވެނެއެވެ. ނަމަވެސް އެފަރާތްތަކުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 10 ދުވަހުގެ ކަަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހޭނެއެވެ.
އެގައުމުގެ ސަރުކާރުން މި ފިޔަވަޅު އެޅީ އެގައުމުގައި ކޮވިޑްގެ އާ ވޭރިއެންޓް ފެތުރިދާނެ ކަމަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.