twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކައުންސިލް އިންތިހާބު: ކުޅުދުއްފުށީގައި 13 ވޯޓްފޮށި ބަހައްޓާނެ

Apr 9, 2021
1

މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމަށްޓަކާ ކުޅުދުއްފުށީގައި 13 ވޯޓްފޮށި ބަހައްޓާނެ އެވެ. މިއީ އިންތިހާބެއް ވޯޓްލުމަށް މިހާތަނަށް ކުޅުދުއްފުށީގައި އެންމެ ގިނަ ފޮށި ބަހައްޓާ ފަހަރެވެ.

މިތަނުން 12 ފޮށި ހާއްސަކޮށްފައިވަނީ ކުޅުދުއްފުށީގެ މީހުން ވޯޓްލުމަށެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ ތެރެއިން ވޯޓްލުމުގެ ހައްގު 5642 މީހުންނަށް ލިބިފައިވެ އެވެ. ކުޅުދުއްފުށީގައި އުޅޭ އެހެން ރަށްރަށު މީހުން ވޯޓުލުމަށް ހާއްސަކޮށް ފޮއްޓެއް ބެހެއްޓިފައިވާއިރު އެ ފޮށި ބެހެއްޓިފައިވަނީ ޔޫތް ސެންޓަރު (ސްޓޭޑިއަމް) ގައި އެވެ. އެ ފޮއްޓަށް ވޯޓްލުމަށް 369 މީހަކު، 127 ދާއިރާއަކުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ.

ވޯޓްފޮށިތަކާ ބެހޭ މައުލޫމާތުތައް:

ކުޅުދުއްފުށީ އުތުރު ދާއިރާ: ޖަލާލުއްދީން ސްކޫލް

ޖަލާލުއްދީން ސްކޫލް ހޯލުގެ އިރުމަތީ ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 479 މީހުންނަށް.

މި ފޮއްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ޝަޙީދު ޙުސައިން ހިނގުމުން ދެކުނަށްގޮސް ކަނބޯރަނި ހިނގުމުން އިރަށް، އަމީނީމަގުން އުތުރަށް، މަނާޒުގޯޅިން އިރަށް ދަރަށްދާމަގުން ދެކުނަށް، އިތާ ގޯޅިން އިރަށް އޯކިޑްމަގުން ދެކުނަށް ހިރުނދުމަގުން އިރަށް، ނިޔާމަ ގޯޅިން ދެކުނަށް ޖެކްސަން ކަންމަތިން އިރަށްގޮސް އުތުރަށް ހުރި ހުރިހާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ޖަލާލުއްދީން ސްކޫލް ހޯލު ދެކުނު ކޮޅު: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 479 މީހުންނަށް.

މި ފޮއްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ކަނބޯރަނި ހިނގުމުގެ ހުޅަނގުކޮޅުން ފެށިގެން އިރަށްގޮސް ޝަޙީދު ޙުސައިން ހިނގުމުން އުތުރަށްގޮސް އެމަގުގެ ހުޅަނގު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

------------------------------------------------------------------------------

ކުޅުދުއްފުށީ ހުޅަނގު އުތުރު ދާއިރާ: އެމްއެންޔޫ (ކެމްޕަސް)

ކެމްޕަސް ކްލާސް ރޫމް: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 469 މީހުންނަށް.

މި ފޮއްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ކަނބޯރަނި ހިނގުމުގެ ހުޅަނގުކޮޅުން ފެށިގެން އިރަށްގޮސް ޝަޙީދު ޙުސައިން ހިނގުމުން ދެކުނަށް ގޮސް މިސްކިތްމަގުން ހުޅަނގަށްގޮސް މިސްކިތްމަގުގެ އުތުރު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކެމްޕަސް ތެރޭގައި ބެހެއްޓިފައިވާ ފޮށި: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 496 މީހުންނަށް.

މި ފޮއްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ނޫކޮކާގެ ކަންމަތިން ކަނބޯރަނި ހިނގުމުން އިރަށް ގޮސް އަމީނީމަގުން ދެކުނަށްގޮސް ނިކަގަސްމަގުން ހުޅަނގަށް ގޮސް ބަންޑާރަމަގުން އުތުރަށް، މިސްކިތްމަގުން އިރަށްގޮސް ޝަޙީދުޙުސައިން ހިނގުމުގެ އިރުމަތީ ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

---------------------------------------------------------------------------

ކުޅުދުއްފުށީ މެދު އުތުރު: ހދ އަތޮޅު ތައުލީމީ މަރުކަޒު

ހދ އޭއީސީ ހޯލް ހުޅަނގު ކޮޅު: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 492 މީހުންނަށް.

މި ފޮއްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މަގާންމަގުން ފެށިގެން އަމީނީމަގުން އުތުރަށް، މަނާޒު ގޯޅިން އިރަށް ދަރަށްދާމަގުން ދެކުނަށް އިތާގޯޅިން އިރަށް، ރަންދިމަގުން ދެކުނަށް ގޮސް މަރުކަޒުމަގުން ހުޅަނގަށް، ސޯފިޔާ ހިނގުމުން ދެކުނަށް ބޯޅަދަނޑުމަގުން އިރަށްގޮސް ސަހަރާމަގުން ދެކުނަށްގޮސް މަގާންމަގުގެ އުތުރު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހދ އޭއީސީ ހޯލު އިރުމަތި ކޮޅު: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 506 މީހުންނަށް

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މަގާންމަގުގެ އިރުމަތި ކޮޅުން ހުޅަނގަށް ގޮސް ސަހަރާމަގުން އުތުރަށް ގޮސް ބޯޅަދަނޑުމަގުން ހުޅަނގަށްގޮސް ސޯފިޔާ ހިނގުމުން އުތުރަށްގޮސް މަރުކަޒުމަގުން އިރަށްގޮސް ރަންދިމަގުން ދެކުނަށްގޮސް އިތާގޯޅިން އިރަށްގޮސް އޯކިޑުމަގުން ދެކުނަށްގޮސް ހިރުނދުމަގުން އިރަށްގޮސް ނިޔާމަގޯޅިން ދެކުނަށްގޮސް ކުޑަފަރުގެ ކައިރިން އިރަށްގޮސް އެގޭގެ ދެކުނު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

---------------------------------------------------------------------------

ކުޅުދުއްފުށި މެދު ދެކުނު: އަމީރު އަމީން ސްކޫލް

ކްލާސް ރޫމް 4: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 477 މީހުންނަށް.

މި ފޮއްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ގުލާބީގެ ކަންމަތިން ގުލާބީހިނގުމުން އިރަށްގޮސް ކަބީލާގޯޅިން އުތުރަށް ގޮސް ނިކަގަސްމަގުން އިރަށް ގޮސް ރަތުރަންގޯޅިން އުތުރަށް ގޮސް މަގާންމަގުން ހުޅަނގަށް ގޮސް އަމީނީ މަގުގެ އިރުމަތީ ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކްލާސް ރޫމް 1: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 477 މީހުންނަށް.

މި ފޮއްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މުދިންކަލޭގެ މަގުގެ އިރުމަތި ކޮޅުން ފެށިގެން ހުޅަނގަށް ގޮސް ގަލަދުން ގޯޅިން ދެކުނަށްގޮސް ގުލާބީ ހިނގުމުން ހުޅަނގަށް ގޮސް ކަބީލާ ގޯޅިން އުތުރަށް ގޮސް ނިކަގަސް މަގުން އިރަށްގޮސް ރަތުރަންގޯޅިން އުތުރަށް ގޮސް މަގާންމަގުން އިރަށްގޮސް އެމަގުގެ ދެކުނު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

------------------------------------------------------------------------

ކުޅުދުއްފުށި ހުޅަނގު ދެކުނު: އަފީފުއްދީން ސްކޫލް/ ނޮދަން އޮފީސް ކޮމްޕްލެކްސް

އަފީފުއްދީން ސްކޫލް ކްލާސް ރޫމް 1ޑީ: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 483 މީހުންނަށް

މި ފޮއްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ނިކަގަސްމަގުން ފެށިގެން އަމީނީމަގުން ދެކުނަށް ގޮސް މުރަކަމަގުން ހުޅަނގަށް ގޮސް ބަންޑާރަމަގުން އުތުރަށް ގޮސް ނިކަގަސްމަގުން އިރަށް ގޮސް އަމީނީ މަގުގެ ހުޅަނގު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ނޮދަން އޮފީސް ކޮމްޕްލެކްސް ހޯލް: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 472 މީހުންނަށް.

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މުރަކަމަގުގެ ދެކުނު ފަރާތުގައި، އަމީނީމަގުގެ ހުޅަނގު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

---------------------------------------------------------------------------

ކުޅުދުއްފުށި އިރު ދެކުނު: އަފީފުއްދީން ސްކޫލް

އަފީފުއްދީން ސްކޫލް ހޯލުގެ އުތުރު ކޮޅު: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 434 މީހުންނަށް.

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މުދިންކަލޭގެމަގުގެ އިރުމަތި ކޮޅުން ފެށިގެން ހުޅަނގަށްގޮސް ގަލަދުންގޯޅިން ދެކުނަށްގޮސް ގުލާބީހިނގުމުން ހުޅަނގަށް ގޮސް އަމީނީމަގުން ދެކުނަށް ގޮސް ސަރުދާރުމަގުގެ އުތުރު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އަފީފުއްދީން ސްކޫލް ހޯލުގެ ދެކުނު ކޮޅު:މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 378 މީހުންނަށް.

މި ފޮއްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ސަރުދާރު މަގުގެ ދެކުނު ފަރާތުގައި، އަމީނީމަގުގެ އިރުމަތި ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

-------------------------------------------------------------------------------

ކުޅުދުއްފުށީގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން: ޔޫތް ސެންޓަރު (ސްޓޭޑިއަމް)

ޔޫތު ސެންޓަރު: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 369 މީހުންނަށް.

މި ފޮއްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީއަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355