twitterviber whatsapp telegramfacebookyoutube instagram
17th April 2024

ކުޅުދުއްފުށި: 47 މީހެއްގެ ވޯޓްގެ ސިއްރުކަން "ގެއްލިއްޖެ"

އަބްދުލް ވާހިދު ޙަސަން
Apr 10, 2021
1

ކުޅުދުއްފުށީގައި އެހެން ރަށްރަށުގެ މީހުން ވޯޓުލުމަށް ބަހައްޓާފައިވާ ވޯޓްފޮށިން ބައެއް ދާއިރާތަކުން އެންމެ މީހަކު ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާތީ، ވޯޓު ސިއްރުކަން ގެއްލިއްޖެ އެވެ.

ޔޫތު ސެންޓަރުގައި ބަހައްޓާފައިހުރި އެ ފޮއްޓަށް ވޯޓްލުމަށް 127 ދާއިރާއަކުން މީހުން ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ތެރެއިން 47 މީހެއްގެ ވޯޓްގެ ސިއްރުކަންވަނީ ގެއްލިފަ އެވެ. އެއީ އެ ދާއިރާތަކަށް ވޯޓުލުމަށް އެފޮއްޓަށް އެންމެ މީހަކު ރަޖިސްޓްރީކޮށްފައިވުމުންނެވެ.

އެ ދާއިރާތަކަކީ އއ ބޮޑުފުޅަދޫ، އއ ފެރިދޫ، އދ ދަނގެތި، ބ ދަރަވަންދޫ، ބ ދޮންފަޅު، ބ ކުޑަރިކިލު، ބ ތުޅާދޫ، ދ ބަނޑިދޫ، ދާއިރާވެސް ހިމެނެ އެވެ.

އަދި މީގެ އިތުރުން ދ މާމެންދޫ، ފ ބިއްލެފަހި، ގއ މާމެންދޫ، ގއ ވިލިނގިލި، ގދ ފަރެސްމާތޮޑާ، ގދ ހޯނޑެދޫ، ގދ ވާދޫ، ހއ އުތީމް، ހދ ފިނޭ، ހދ ކުރިނބީ، ކ ގާފަރު، ކ ގުޅި، ކ މާފުށި، ކ ތުލުސްދޫ، ލ ކަޅައިދޫ، ލ މާމެންދޫ، ޅ ހިންނަވަރު، ޅ ކުރެންދޫ، މ މުލަ، މ މުލި، މ ވޭވަށް ދާއިރާގެ މީހުންވެސް ވޯޓުލުމަށް މިފޮށީގައި ރަޖިސްޓްރީކޮށްފައިވެ އެވެ.

ވޯޓްގެ ސިއްރުކަން ގެއްލިފައިހުރި އެހެން ދާއިރާތަކަށް ބަލާއިރު ނ ކުޑަފަރި، ރ ހުޅުދުއްފާރު، ރ މީދޫ، ރ ރަސްޖެތީމް، ރ އުނގޫފާރު، ސ ހިތަދޫ، ސ ހުޅުދޫ، ސ މަރަދޫ، ސ މީދޫ، ށ ފީވަށް، ށ ކޮމަންޑޫ، ށ މާއުނގޫދޫ، ށ މަރޮށި، ތ ކިނބިދޫ، ތ މަޑިފުށި، ތ ތިމަރަފުށި، ވ ފުލިދޫ، ވ ރަކީދޫ ހިމެނޭ ދާއިރާގެ މީހުންވެސް ރަޖިސްޓްރީވެފަ އެބަހުއްޓެވެ.

އެ ފޮއްޓަށް ވޯޓުލުމަށް އެންމެ ގިނައިން ރަޖިސްޓްރީކޮށްފައި ތިބީ މާލޭއަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން އެ ފޮއްޓަށް ވޯޓުލުމަށް މާލޭގެ 61 މީހަކު ރަޖިސްޓްރީކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355