twitterviber whatsapp telegramfacebookyoutube instagram
20th September 2026

ކުޅުދުއްފުށީގައި ބެހެއްޓި ފޮށިތަކުން ކުރީގައި ރައްޒާގް

Apr 11, 2021

ހދ އަތޮޅު ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ކުޅުދުއްފުށީގައި ބެހެއްޓި ފޮށިތަކުން ކުރީގައި އުޅުއްވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަބުދުއްރައްޒާގް އަހުމަދެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލެއްވިއިރު ކުޅުދުއްފުށީގައި ބެހެއްޓީ ފޮށިތަކުން ކުރީގައި އުޅުއްވަނީ އަބުދުއްރައްޒާޤެވެ. އޭނާއަށް ކުޅުދުއްފުށިން 1606 ވޯޓް ލިބިފައިވާއިރު އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުން މުހައްމަދު ސިރާޖު ހޯދެއްވީ 1063 ވޯޓެވެ.

ދެ ވާދަކުރެއްވި އަނެއް ދެ ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރެއްވި ދެ ބޭފުޅުންނެވެ. އެގޮތުން އާދަމް މުހައްމަދަށް ކުޅުދުއްފުށިން ލިބިލެއްވީ 442 ވޯޓެވެ. އެ މަގާމަށް ވާދަކުރެއްވި ހުސެއިން އަލީއަށް ލިބިލެއްވީ 191 ވޯޓެވެ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް މީހަކު އިންހިހާބުކުރުމަށް މުޅި އަތޮޅުން ވޯޓުލާން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293