twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހައިސްޕީޑް ފެރީ ނިޒާމަށް ބޭނުންވާ ފެރީ ބަނުމަށް ގަލްސް ކްރާޕްޓް މޯލްޑިވްސް އަށް

ޚަދީޖާ އާދަމް
Apr 11, 2021

ހައި ސްޕީޑް ފެރީ ނިޒާމަށް ބޭނުންވާ ފެރީ ބަނުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އާއި ހަވާލުކޮށްފި އެވެ. އެގޮތުން އެ ކުންފުނިން 17 ފެރީ ބަންނާނެ އެވެ.

މި އެއްބަސް ވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ހުސައިން އަލްޝާލީއެވެ.

އެ ކުންފުންޏާ ހަވާލުކޮށްގެން ބަންނަ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ، 30 ނޮޓް ގެ ބާރުމިނު ގައި ދުވާ ފެރީތަކެކެވެ. އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ މި ފެރީތަކުގެ ސްޕީޑް ތިން ގުނަ އަވަސް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް މިފެރީތަކުގައި ގާއިމްކުރާނެ ކަމަށާއި ފެރީތައް ބަނުމުގައި އިސްކަންދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއްކުރެވޭނޭ ގޮތަށް ކަމަށާއި އެގޮތުން ފެރީގެ ސީޓާއި، ފަސިންޖަރުންގެ ކެބިން ފަރުމާކުރަނީ އެފަދަ ދަތުރުތައްކުރުމަށް އެންމެ އެކަށޭނަ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ދަށުން، ޓާމިނަލް އާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ފުރަތަމަ މަސައްކަތް ކުރަމުން ދަނީ ޒޯން 1 ގައި ހައި ސްޕީީޑް ގާއިމް ކުރުމަށެވެ.

އެގޮތުން ހޯރަފުށީގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ފެށި އެހެން ޓާމިނަލް ތަކާއި ފެރީ ސްޓޮޕް ތަކުގެ މަސައްކަތް ފަށަން ތައްޔަރުވެފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މި ފެރީގެ ހިދުމަތް ނޮވެމްބަރުމަހު ފެށުމަށް ބޭނުންވާ ފަންނީ މުއައްޒަފުން ހޯދަން މި މަހު އިއުލާނު ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355