twitterviber whatsapp telegramfacebookyoutube instagram
26th September 2026

ދެވަނަ ޑޯޒް ޖެހި މީހުން އަދަދު 19،008 އަރައިފި

ޚަދީޖާ އާދަމް
Apr 12, 2021

ކޮވިޑް ވެކްސިންގެ ގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 19،008 އަރައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހު 3،714 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވެއެވެ.

އެދުވަހު ފުރަތަމަ ޑޯޒް 2،994 މީހުން ޖަހާފައިވާއިރު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 271،453 އަރާފައެވެ.

ރާއްޖޭގައި ބޭނުންކުރަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމްގެ އިތުރަށް ފައިޒާ ވެކްސިނެވެ. އޭގެ ތެރެއިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ހުއްޓާލާފައިވާއިރު މިހާރު ޖަހަނީ އޭގެ ދެވަނަ ޑޯޒެވެ. އަދި ފުރަތަމަ ޑޯޒު ޖަހަނީ ސިނޮފާމް ވެކްސިންގައެވެ.

ފައިޒަރ ވެކްސިން މިވަގުތު ދޭނީ މާލެ ސަރަހައްދުގައި ކަމަށާއި ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށްވެސް ބުނެއެވެ. މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ މީހުންނަށް އިސްކަންދެވޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293