twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ އަންހެނުން ކޮމެޓީގެ މެޖޯރިޓީ ހޯދީ ޕީޕީއެމް

ޚަދީޖާ އާދަމް
Apr 15, 2021
1

ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެޖޯރިޓީ ޕީޕީއެމްއިން ހޯދައިފި އެވެ. މިހާރުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޕާޓީން ވަނީ އަންހެނުން ކޮމެޓީގެ 4 ގޮނޑި ހޯދާފައެވެ. އެއީ އުތުރު ދާއިރާ، މެދު އުތުރު ދާއިރާ، މެދު ދެކުނު ދާއިރާ އަދި ހުޅަނގު ދެކުނު ދާއިރާގެ ގޮނޑި އެވެ.

އެގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް ހަދީޖާ މޫސާއެވެ. ހަދީޖާ މި ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް ސުހާ އަބްދުﷲ އާއި ވާދަކޮށްގެންނެވެ. ހަދީޖާއަށް ލިބިފައިވަނީ 361 ވޯޓެވެ. އަދި ސުހާއަށް ލިބިފައިވަނީ 345 ވޯޓެވެ.

ހުޅަނގު އުތުރު ދާއިރާއަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ކެންޑިޑޭޓު މައިމޫނާ އަބްދުﷲއާއި އެމްޑީޕީގެ ކެންޑިޑޭޓު އަކްބަރީ މުހައްމަދެވެ. އަކްބަރީއަށް 397 ވޯޓު ލިބިފައިވާއިރު މައިމޫނާއަށް ލިބިފައިވަނީ 209 ވޯޓެކެވެ.

މެދު އުތުރު ދާއިރާގެ ގޮޑި ކާމިޔާބުކޮށްފައިވަނީ ޕީޕީއެމް ކެންޑިޑޭޓު ސަމީމާ ހަސަން އެވެ. ސަމީމާއާ ދެން ވާދަކުރީ އެމްޑީޕީ ކެންޑިޑޭޓު އައިޝަތު އިސްމާއިލްއެވެ. އައިޝަތުއަށް 285 ވޯޓު ލިބުނު އިރު ސަމީމާއަށް ލިބިފައިވަނީ 311 ވޯޓެވެ.

މެދު ދެކުނު ދާއިރާއަށް ގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އާތިފާ މުހައްމަދެވެ. އާތިފާ މި ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް ހަދީޖާ އަބޫބަކުރާ ވާދަކޮށްގެންނެވެ. އާތިފާއަށް ލިބިފައިވަނީ 328 ވޯޓެވެ. އަދި ހަދީޖާއަށް ލިބިފައިވަނީ 304 ވޯޓެވެ.

ހުޅަނގު ދެކުނު ދާއިރާއަށް 3 ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓު ޝާހިދާ އާދަމް، އެމްޑީޕީގެ ކެންޑިޑޭޓު އާތިފާ މުހައްމަދު އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ހަބީބާ މުހައްމަދެވެ. މި ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓު ޝާހިދާ އެވެ. އޭނާއަށް 319 ވޯޓު ލިބުނުއިރު، އާތިފާއަށް ލިބިފައިވަނީ 288 ވޯޓެވެ. އަދި ހަބީބާއަށް ލިބިފައިވަނީ 58 ވޯޓެވެ.

އިރުދެކުނު ދާއިރާގެ ވޯޓު އެމްޑީޕީގެ ކެންޑިޑޭޓު ފިރާޝާ އިބްރާހިމް ކާމިޔާބުކުރެއްވީ 363 ވޯޓުންނެވެ. ފިރާޝާއާއި ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު ހަފީޒާ މުހައްމަދަށް ލިބިފައިވަނީ 273 ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355