twitterviber whatsapp telegramfacebookyoutube instagram
2nd June 2025

ވެކްސިންގެ ދެވަނަ ދޯޒް ޖަހާތާ ދެ ހަފްތާ ފަހުން ރަށްރަށަށް ދަތުރު ކުރެވޭނެ

ޚަދީޖާ އާދަމް
Apr 15, 2021

ކޮވިޑް 19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިރޭ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ވެކްސިންޖަހާ ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ވަރަށް އަވަހަށް، އެއްވެސް ހުރަހެއްނެތި ރަށްރަށަށް ދަތުރުކުރެވެން ފެށޭނެކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ތައްކާ ގޮތުން މިހާތަނަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް 28،950 މީހަކު ވަނީ ޖަހާފަ އެވެ.

ރައީސްގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މާލެ ސިޓީ ލޮކްޑައުންއަކަށް ދިޔަތާ އެއް އަހަރު ދުވަސް ފާއިތުވެފައިވާއިރު އެންމެންވެސް ކެތްމަދުވެފައި ތިބީ އާންމު ހާލަތަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ. އަދި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކަށް ދެ ހަފްތާފަހުން ދަތުރުކުރެވޭނެ ކަން އިއުލާންކުރުމަކީ އެމަނިކުފާނަށް ލިބިގެން ދިޔަ އުފަލެއް ކަމަށެވެ.

ރާއްޖެ ލޮކްޑައުން ކުރި ފަހުން ކަރަންޓީނާ ނުލައި ރަށްރަށަށް ދެވިފައިވަނީ ހަމައެކަނި ހާއްސަ ހުއްދައިގެ ދަށުން ވަކި މުއްދަތަކަށެވެ. އެހެން ނޫން ނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355