twitterviber whatsapp telegramfacebookyoutube instagram
8th September 2026

އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސްއަށް ލިބިލެއްވީ އެންމެ 7 ވޯޓް

އަބްދުލް ވާހިދު ޙަސަން
Apr 17, 2021

ހދ އަތޮޅު ކައުންސިލްގެ ފުރަތަމަ ދައުރުގައި ނައިބު ރައީސްކަން ކުރެއްވި ޒަކަރިއްޔާ ހަސަނަށް ކައުންސިލް އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިލަތިލައްވަން ޖެހިއްޖެ އެވެ.

އުފަން ރަށް ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައިގެން މިފަހަރު އޭނާއަށް ލިބިލެއްވީ އެންމެ 7 ވޯޓެވެ. އެއީ ވޯޓްލީ އިންސަތައިގެ 0.93 ޕަސެންޓެވެ.

ވޯޓްލުމުގެ ހައްގު ލިބިފައިވާ 1099 މީހުން ތިބިއިރު 854 މީހުން ވަނީ ވޯޓުލާފަ އެވެ. އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ޒަކަރިއްޔާ މިފަހަރު ވާދަކުރެއްވިއިރު، ކުމުންދޫ ރައީސްކަމަށް ހަތަރު ބޭފުޅަކު ވަނީ ވާދަކުރައްވާފަ އެވެ. 411 ވޯޓާއެކު އެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ނުކުންނެވި މިހާރުގެވެސް ރައީސް، އަމީން މުހަންމަދެވެ.

ޕީޕީއެމް ޓިކެޓްގައި ކުރިމަތިލެއްވި އަބުދުﷲ މުބާރަކް މުހައްމަދަށް ލިބިލެއްވީ 321 ވޯޓެވެ. ދެން އެންމެ މަދު ވޯޓް ލިބިލެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހުމަދު ޝަރީފަށެވެ. އޭނާއަށް ލިބިލެއްވީ 10 ވޯޓެވެ.

ޒަކަރިއްޔާ ހަސަން ފާހަގަކޮށްލެވެނީ ދޫފަރިތަ ވާހަކަދައްކަން ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި އެވެ. ފުރަތަމަ ދައުރުގައި އަތޮޅު ކައުންސިލް މެމްބަރުކަމަށް ވަޑައިގެންނެވީ ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ނަމަވެސް ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ. ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ސިޔާސީ ދާއިރާގައި ދުރުގައި އުޅުއްވުމަށްފަހުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293