twitterviber whatsapp telegramfacebookyoutube instagram
1st June 2026

8 ވަނަ ސީޒަނަށް ޖީނާ އެނބުރި އަންނަނީ ތަ؟

ޚަދީޖާ އާދަމް
Apr 18, 2021

ކޮޕް ކޮމެޑީ "ބްރޫކްލީން ނައިން-ނައިން" ގެ ސީޒަން 8 އިއުލާންކުރުމާ އެކު ފޭނުން އެންމެ ގިނައިން ސުވާލުކޮށްފައިވަނީ މި ސީޒަންގައި ޖީނާ ގެ ކެރެކްޓާ އަލުން ފެނިގެންދާނެތޯ އެވެ.

މި ސީރީޒްގައި ބެލުންތެރިންގެ ލޯބި އެންމެ ބޮޑަ ހޯދި އެއް ކެރެކްޓާއަކީ ޖީނާ ލިނެޓީ ގެ ކެރެކްޓާއެވެ. ޗެލްސީ ޕެރެޓީ ކުޅުނު މި ކެރެކްޓާ ޝޯވއާ ވަކިވެފައިވަނީ ސީޒަން 6 ގެ މެދުތެރެއިންނެވެ.

މި ޝޯވގެ ސީޒަން 7 ދާދިފަހުން ބެލުންތެރިންނާއި ހިސާބަށް ގެނެސްދީފައިވާއިރު ސީޒަން 8 ގެ ސްކްރިޕްޓެގެ މަސައްކަތް ފަށާފައިވާކަން އެ ޝޯގެ ލިއުންތެރިޔާ ޑެން ގޫރު ވަނީ ބުނެފައެވެ. އެއާއެކު ޗެލްސީވަނީ މަޖަލަކަށް ޑޭން ގެ ޓްވީޓަށް ކޮމެންޓްކޮށް އޭނާގެ ކެރެކްޓާއާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް އޭނާއަށް ގުޅުމަށް ބުނެފައެވެ.

ޝޯއާ ވަކިވަމުން ޗެލްސީ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ ސީޒަން 6 އެއްކޮށް ނުކުޅޭނެ ކަމަށެވެ.

"އަހަރެން ބްރޫކްލިން ނައިން-ނައިންގެ ސީޒަން 6 އެއްކޮށް ނުކުޅޭނަން. އެހެން ނަމަވެސް އޭގެ މާނައަކީ އަހަރެން އަދި އެނބުރި ނާންނާނަމެކޭ ނޫން" އެގޮތުން ޗެލްސީ ވަނީ އޭނާގެ ކެރެކްޓާއަށް ބެލުންތެރިން ދިން ލޯތްބަށް ޝުކުރު އަދާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355