twitterviber whatsapp telegramfacebookyoutube instagram
13th December 2025

އަންހެން ދަރިފުޅަކީ ހަޔާތުގައި ދިމާވި އެންމެ ބޮޑު އިމްތިހާން: ކާޖޮލް

Apr 20, 2021

ބޮލީވުޑްގެ މަޝްހޫރު ޖޯޑް ކާޖޮލްއާއި އަޖޭދޭވްގަންގެ އަންހެން ދަރިފުުޅު ނިޝާގެ 18 ވަނަ އުފަން ދުވަސް އިއްޔެ ފާހަގަކޮށްފައިވާއިރު ދެ ތަރިންވެސް ވަނީ ސޯޝަލް މީޑިއާގައި ފޭނުނަށްވެސް ފޮޓޯތަކެއް ދޫކޮށްލާފައެވެ.

އެގޮތުން ކާޖޮލް ނިޝާގެ ކުޑައިރު އެކީގައި ނަގާފައިވާ ފޮޓޯއަކާއެކު ދޫކޮށްލި ޕޯސްޓުގައި ބުނެފައިވަނީ އޭނާގެ އަންހެން ދަރިފުޅަކީ "އެންމެ ބޮޑު އިމްތިހާން" ކަމަށެވެ.

އަދި ދަރިފުޅު އުފަންވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އެތައްކަމެއް ދަސްވެގެން ގޮސްފައިވާކަމަށްވެސް ބުނެފައި ވެއެވެ.

އަޖޭވެސް ވަނީ ދަރިފުޅުގެ އުފަންދުވަހު ތަހުނިޔާ ކިޔާފައެވެ. އަޖޭ ބުނީ މިފަދަ ހާސްކަން ބޮޑު ދަނޑިވަޅެއްގައި އުފާވެރިކަން ލިބެނީ މިފަދަ ކުދިކުދި އުފަލުންކަމަށެވެ. ނިޝާ މިހާރު ތައުލީމް ހާސިލްކުރަމުން ދަނީ ސިންގަޕޯރުގަ އެވެ.

އަޖޭއާއި ކާޖޮލް ކައިވެނިކޮށްފައިވަނީ 1999 ވަނަ އަހަރުއެވެ. އެދެމީހުންނަށް ނިޝާ ލިބުނީ 2003 ވަނަ އަހަރުއެވެ. ނިޝާގެ އިތުރުން ދެން ހުންނަނީ ފިރިހެން ދަރިފުޅު ޔުގް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355