twitterviber whatsapp telegramfacebookyoutube instagram
19th January 2026

ކައުންސިލް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފި

Apr 24, 2021

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކޮށްފި އެވެ.

ގާނޫނު ލާޒިމުކުރާގޮތުން ވޯޓުލައި ނިމޭތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން ޖެހެއެވެ. އެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވެ އެވެ.

އިލެެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރޭގެ މެންދަމު 3:30 ގެ ނިޔަލަށް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށް ނިމިފައިވާ ކަމަށެވެ.

ދާއިމީ ނަތީޖާ އިއުލާނު ކުރިޔަސް، ބައެއް ދާއިރާތަކުގައި ލިބުނު ވޯޓު އެއްވަރުވެފައިވާތީ އެ ދާއިރާތަކުގައި ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އަދި ބައި އިލެކްޝަން ބާއްވާނެ އެވެ.

މީގެ އިތުރުން އެރަށަކަށް ނިސްބަތްވާ މީހުން ނޫން މީހުން ވޯޓުލައިގެން ތ. ގާދިއްފުއްޓާއި ލ. މާވަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355