twitterviber whatsapp telegramfacebookyoutube instagram
18th June 2026

ދެވަނަ ރާޅާއެކު ކޭސްތައް އިތުރުވެ އިންޑިޔާ ބޮޮއްސުންލައިފި

ޚަދީޖާ އާދަމް
Apr 24, 2021
1

ކޮވިޑް-19 ގެ ދެވަނަ ރާޅާއެކު އިންޑިޔާގައި އިއްޔެ އެކަނިވެސް 332،730 އާ ކޭސްވަނީ ފެނިފައެވެ. މުމްބާއިގެ ލިލަވަތި ހޮސްޕިޓަލްގެ ޕުލްމޮނޮލޮޖިސްޓް ޑރ ޖަލިލް ޕާކާ އެގައުމުގެ ނޫސްތަކަށް މައުލޫމާތު ދެމުން ވިދާޅުވީ އެމީހުންގެ ސިއްހީ ނިޒާމް ބޮއްސުންލައި އަމިއްލަ ރައްޔިތުން ހާލުގައި ޖެހިއްޖެ ކަމަށެވެ.

އިއްޔެއަކީ އާ ކޭސްތައް އެންމެ ގިނައިން ފެނުނު ދުވަހެވެ. ކޮވިޑްގެ ޕެންޑެމިކް ފެށުނުފަހުން އެގައުމުން މިހާތަނަސް 16 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 186،000 މީހުން ވަނީ މަރުވެފައެވެ. ކޮންމެ ދުވަހެއްގެ މައްޗަށް އިންޑިޔާއިން ދެހާހެއްހާ މީހުން މަރުވެއެވެ. މި ރޭޓްގައި ދާނަމަ އެންމެ ބޮޑަށް ކޮވިޑް ފެތުރު ޔޫއެސްގެ ނަންބަރުތައް އިންޑިޔާއިން ވައްޓާލަން ގިނަދުވަހެއް ނުންގާނެއެވެ.

މި ނަންބަރުތައް އިންޑިޔާގެ ސިއްހީ ފަރާތްތަކުން ދޮގުކުރަމުން ދާއިރު އެމީހުން ބުނާގޮތުން އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑ ޖެހިގެން މަރުވާ މީހުންގެ އަދަދު 10،000 އަރާނެ ކަމަށެވެ.

ދިއްލީގެ އެންމެ ބޮޑު ހޮސްޕިޓާ ގަންގަރަމް ހޮސްޕިޓަލުންވެސް އިއްޔެ ބުނެފައިވަނީ އެ ހޮސްޕިޓަލުގައި އޮކްސިޖަން ހުރީ 2 ގަޑިއިރަށް ބޭނުން ކުރެވޭވަރަށް ކަމަށާއި އޮކްސިޖަން ނުލިބިގެން 25 މީހުން މަރުވެފައި ވާކަމަށެވެ. އެ ހޮސްޕިޓަލުގެ ހުރި އޮކްސިޖެން ސިލިންޓަރުތައްވެސް ވަނީ ވަގަށް ނަގާފައެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355