twitterviber whatsapp telegramfacebookyoutube instagram
26th September 2026

70،983 މީހުން ވެންސިންގެ ދެވަނަ ޑޯޒް ޖަހައިފި

ޚަދީޖާ އާދަމް
Apr 25, 2021

ރާއްޖޭގައި މިހާތަނަށް 70،983 މީހުން ކޮވިޑް-19 ދިފާއުގައި ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއާއެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 290،014 އަށް އަރާފަ އެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން އިއްޔެ ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 1،111 މީހުންނެވެ. އަދި ދެވަނަ ޑޯޒު ޖެހީ 1،181 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހު 1 ވަނަ ދުވަހުއެވެ. އޭގެފަހުން މިމަހު ކުރީކޮޅު ދެވަނަ ޑޯޒް ދޭން ފަށާފައިވާއިރު ދެވަނަ ޑޯޒު ޖަހަނީ ކޮވިޝީލްޑް ވެކްސިންއާއި ސިނޮފަރމް ވެކްސިންގެއެވެ.

މިހާރު ރާއްޖޭގައި ޖުމްލަ ތިން ވެކްސިނެއް އަންނަނީ ބޭނުންކުރަމުންނެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފަރމް ވެކްސިން އަދި ފައިޒާ ވެކްސިނެވެ. އޭގެ ތެރެއިން މިވަގުތު އާންމުންނަށް ފުރަތަމަ ޑޯޒު ޖަހަނީ ސިނޮފަރމްގެ އެކަންޏެވެ. އަދި ފައިޒާ ވެކްސިން ދެނީ ވަކި ޚާއްސަ ހާލަތެއްގައި ތިބޭ މީހުންނަށެވެ. މިހާރު ދެވަނަ ޑޯޒު ޖަހަނީ ކޮވިޝީލްޑް އަދީ ސިނޮފާމްގެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293