twitterviber whatsapp telegramfacebookyoutube instagram
23rd October 2025

ހަލުވި ފެރީގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ފެށުމަށް މުވައްޒަފުން ހޯދަނީ

ޚަދީޖާ އާދަމް
Apr 25, 2021

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ފެށުމަށް ބޭނުންވާ މުވައްޒަފުން ހޯދަން އެމްޓީސީސީއިން އިއުލާންކޮށްފި އެވެ.

ފެރީ ހިދުމަތުގެ ފުރަތަމަ ފިިޔަވަހީގެ ދަށުން ހއ، ހދ އަދި ށ. އަތޮޅު ފެރީގެ ނިޒާމުން ގުޅުވައިލާނެ އެވެ.

އެ ހިދުމަތް ފޯރުކޮށްދިނުމަށް ޖުމުލަ 81 މުވައްޒަފުން ހޯދުމަށް އެމްޓީސީސީއިން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން އިއުލާންކޮށްފައިވާ 46 ފެރީ ކޮންޑަކްޓަރު ހޯދުމަށާއި، 34 ސްޕީޑް ބޯޓު ކެޕްޓަނުންނާއި، އޮޕަރޭޝަންސް އޮފިސަރުންގެ ގޮތުގައި އެކަކު ހޯދުމަށެވެ.

އެ ހުރިހާ ވަޒީފާތަކުގެ މުއްދަތަކީވެސް އެއް އަހަރު ދުވަހެވެ. އަދި ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރާނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެވެ.

ފެރީ ކޮންޑަކްޓަރުންނާއި ސްޕީޑް ބޯޓު ކެޕްޓަނުންނަށް މުސާރައާއި އިނާޔަތްތަކާއެކު 10،000ރ ލިބޭނެ އެވެ. އަދި ޕެންޝަން ސްކީމްއާއި ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ވެސް ބައިވެރި ކުރާނެ އެވެ. އޮޕަރޭޝަންސް އޮފިސަރުގެ މުސާރައަކީ އިނާޔަތްތަކާއެކު 12،000ރ އެވެ. އަދި ޕެންޝަން ސްކީމްއާއި މެޑިކަލް އިންޝުއަރެންސްގައި ބައިވެރިކުރުމުގެ އިތުރުން އިތުރުގަޑީގެ ފައިސާ ވެސް ހަމަޖެހިފައިވާ އުސޫލުން ލިބޭނެ އެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މެއި 31 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355