twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރެސިޕީ: ކްރީމީ ކަސްޓަޑް ޕުޑިން

Apr 26, 2021

ކްރީމީ ކަސްޓަޑް ޕުޑިން

ބޭނުންވާ ތަކެތި:

  • ½ ޖޯޑު ހަކުރު
  • 3 ސަމުސާ ޒުވާރި ފުށް
  • 4 ސަމުސާ ކަސްޓަޑް ޕައުޑާރ
  • 1 ލީޓަރު ކިރު
  • މާރީ ބިސްކޯދު

ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް ހަކުރާ، ޒުވާރިފުށް އަދި ކަސްޓަޑް އަޅާ އެއްކޮށްލާށެވެ. ދެން އޭގެތެރެއަށް ކިރުކޮޅުގެ އެއްބައިއަޅާ އަނެއްކާވެސް މިކްސް ކޮށްލާށެވެ. ރަނގަޅަށް މިކްސްވުމުން ބާކީހުރި ކިރުކޮޅުއަޅާށެވެ. ދެން ތެލި އުނދުން މައްޗަށް އުދާ މަޑުގިނީގައި އޮލަވަންދެން ހާކާށެވެ. ބޮކިޖަހަންދެން ކެއްކުމަށްފަހު ތެލި އުނދުން މަތިން ބާލާށެވެ.

ދެން މާރީ ބިސްކޯދުތައް ކިރުން ފޯކުރުމަށްފަހު ޓްރޭއެއްގައި ފަތުރާލާށެވެ. ފަތުރާލުމަށްފަހު ތައްޔާރުކުރި ކަސްޓަޑްތައް ބިސްކޯދުމަތީ ފަތުރާލާށެވެ. މިގޮތަށް ކަސްޓަޑުތައް ހުސްވަންދެން ބިސްކޯދު ލޭޔާ ހެދުމަށްފަހު އަޅާށެވެ.

ބޭނުންނަމަ ގާރނިޝްކޮށްލަން ކަސްޓަޑުތަކުގެ މައްޗަށް ޗޮކުލެޓް ގާނާފައި އެޅިދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355