twitterviber whatsapp telegramfacebookyoutube instagram
2nd January 2026

ބޮޑު މުހައްމަދު ކަލޭފާނުގެ ވާދައިގެ ތައްޓަށް ކުޅޭ ރާޒުވާ މުބާރާތް މިއަހަރުވެސް ބާއްވަނީ

ޚަދީޖާ އާދަމް
Apr 27, 2021
2

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނުގެ ވާދައިގެ ތައްޓަށް ކުޅޭ ރާޒުވާ މުބާރާތް މި އަހަރުވެސް ބާއްވަން ނިންމައިފި އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް މިމަހު 23 ވަނަ ދުވަހު ހުޅުވާލާފައިވައިރު ނަންނޯޓު ކުރުމުގެ އެންމެ ފަހު ގަޑިއަކީ އޭޕްރިލް 28 ވަނަ ދުވަހުގެ ރޭ 12:00 އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 9851164 ނަންބަރާ ގުޅުއްވާ ނަންނޯޓު ކުރެވޭނެއެވެ. މި މުބާރާތަކީ މީގެ ކުރިންވެސް ކުޅުދުއްފުށީގައި ބާއްވަމުން ގެންދާ މުބާރާތެކެވެ.

މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް 5000 ރުފިޔާ ދެވަނައަށް ދާ ފަރާތަކަށް 2500 ރުފިޔާ އަދި ތިންވަނަ އަށް ދާ ފަރާތަކަށް 1500 ރުފިޔާގެ އިނާމެއް ހުށައެޅިފައި ވެއެވެ.

ކުޅުދުއްފުށީ ބޮޑު މުހައްމަދަ ކަލޭފާނަކީ ތާރީހީ ގޮތުން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވި ކުޅުދުއްފުއްޓަށް ގިނަ ތަރައްގީތަކެއް ގެންނެވި ބޭފުޅެކެވެ. އަދި މާލޭގެ ވެރިކަން ރަނގަޅު ކުރުމަށް ވަރަށް ގިނަ ގުނަ ސިޔާސީ މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކަންވެސް ފާހަގަ ކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355