twitterviber whatsapp telegramfacebookyoutube instagram
26th September 2026

92،600 މީހުން ވެކްސިންގެ 2 ޑޯޒް ޖަހައިފި

ޚަދީޖާ އާދަމް
Apr 29, 2021

ކޮވިޑް-19 އިން ދިފާއުވުމަށް 92،600 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުންނެވެ.

އެޗްޕީއޭއިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު އަންގާރަ ދުވަހު 3،963 މީހުންވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.

އެއީ އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 2،546 މީހުންނާއި މާލެ ސަރަހައްދުގައި ވެކްސިންގެ ދެވަނަ ޑޯޒްޖެހި 1،417 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 92،612 އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ ކޮވިޝީލްޑް ވެކްސިން، ސައިނޯފާމް އަދި ފައިޒާ ވެކްސިންއެވެ. ފައިޒާ ވެކްސިން ދެމުން އަންނަނީ ހާއްސަ ހާލަތްތައްތަކުގައިވާ މީހުންނަށް އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293