twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބަނދަރުގެ މައްސަލައެއް ހައްލުކޮށްދޭން އެދުމުން އިތުރު މައްސަލައެއް!

އަބްދުލް ވާހިދު ޙަސަން
Apr 29, 2021
1

އަލަށް ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރާ ބަނދަރުގައި ހުރި ބޮޑު މައްސަލަ ހައްލުކުރަން އުޅުމުން އިތުރު މައްސަލައެއް ކުރިމަތިވެއްޖެ އެވެ.

އޭޑީބީގެ އެހީގައި ހަދައި މި ބަނދަރުގައި ބައެއް މައްސަލަތައް ހުރުމުން ކައުންސިލުން ވަނީ ބަނދަރާ ހަވާލުވުމަށް ދެކޮޅު ހަދާފަ އެވެ. އަދި އެކަންކަން ރަނގަޅުކުރުމަށް ޕްލޭނިންގ މިނިސްޓްރީގައިވެސް އެދުނެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ބަނދަރަށް ވެލި އެޅޭ މައްސަލަ އާއި ބަނދަރާއި މޫދު އެރޭ ސަރަހައްދު ވަކިކުރަން ޖެހި ސަޕަރޭޝަން ވޯލް ގަނބާ މައްސަލަ ހައްލުކުރުމަށެވެ.

ސަޕަރޭޝަން ވޯލުން، ލޮނު ދަތުރުކުރަންލި ހޮޅިތަކުން ބަނދަރުގެ ބޮޑު ސަރަހައްދަކަށް ވެލި އެޅުމާއި ދަށުން ވެލިގަނޑު ކެހުމުން އެ ވޯލްވަނީ ގަނބަން ފަށާފަ އެވެ. އެހެންވެ އެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ޕްލޭނިންގ މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީ ނިންމީ އެކަން ހައްލުކުރަން ދެ ފަރާތްތަށް ހިލަ އަޅާށެވެ.

"ހިލަ އެޅުމުން އަނެއްކާ މިކުރިމަތިވަނީ އެހެން މައްސަލައެއް. ވޯލްގައި ކައިރީގައި ހުރި ލަކުޑި ފާލަންތައް ކައިރިއަށް ލޯންޗުތައް ކައިރިނުކުރެވޭ މައްސަލަ. މިއިން އެއްވެސް ކަމެއް ކުރަން ނިންމަނީ ކައުންސިލްގެ ލަފައެއް މަޝްވަރާއެއް ނެތި." ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލް ރައީސް އަބުދުލް ލަތީފް ވިދާޅުވީ، އެއް މައްސަލަ ހައްލުކޮށްދިނުމަށް އެދުމުން އަނެއް މައްސަލަ ކުރިމަތިވާގޮތަށް އަމަލުކުރުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ބަނދަރުގެ ކަންކަން ކައުންސިލުން އަބަދުވެސް ބަލަމުންދިޔަކަމަށް ވިދާޅުވެ ލަތީފް ވިދާޅުވީ، ހުރި މައްސަލަތައް ފާހަގަކޮށް ހުށަހެޅުމުން، މިނިސްޓްރީ އެކަންކަން ނިންމަނީ ފަންނީ ބޭފުޅުންގެ ލަފާގެ މަތިން ކަމަށް ވިދާޅުވާ ކަމަށާއި އެކަމެއް ކުރަން ފެށުމުގެ ކުރިން އެއްވެސް ވަރަކަށް އެކަމެއް ކައުންސިލާ ހިއްސާނުކުރާ ކަމަށެވެ.

"ހިލަތައް އެޅުމުން ލަކުޑި ފާލަންތައް ކައިރިއަށް އުޅަނދު ނުގެނެވޭނެކަމަށް ކައުންސިލުން ބުނުމުން، މިނިސްޓްރީން ބުނީ ކުދި އުޅަނދު ފަހަރަށް ގާތްކުރެވޭނެ ކަމަށް. ދެން އެހެންވީމަ މިނިސްޓްރީން ކުދި އުޅަނދުފަހަރު މިބަލަނީ ކިހާ ސައިޒެއްގެ އުޅަނދަށް ތޯ ބަލަންވެފަ މިއޮތީ. މި ސަރަހައްދުގައި މި ދުއްވާ ކުދި އުޅަނދުތަކަކަށް ގާތެއް ނުކުރެވޭނެ." ލަތީފް ވިދާޅުވި އެވެ.

އަލަށް އިންތިހާބުވި ކައުންސިލަރުންވެސް ދާދިފަހުން ވަނީ ބަނދަރަށް ގޮސް އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބަލާފަ، މިމައްސަލައާމެދު ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.

"ބަނދަރުގެ އުތުރުކޮޅު ތޮށިގަނޑުގެ އެތެރެ ފަރާތަށް ލަކުޑި ފާލަންތައް ކައިރިއަށް ބޮޑު ހިލަ އަޅަމުންދާތީ އެކަން ވާނީ ކުޅުދުއްފުށީ ކައުންސިލާ ހިއްސާކޮށްފަ. އަދި އެކަމަށް ހައްލު ހޯދުމަށްކަމާ ގުޅުން ހުރި އިދާރާތަކަށް ސިޓީ ފޮނުވައި ދިނުމަށް ވާނީ އެދިފަ." އިންތިހާބީ މޭޔަރު މުހައްމަދު އާތިފް ލިޔުއްވާފައިވެ އެވެ.

އާ ކައުންސިލުން އެދުވަހު އެތަނަށް ދިޔައީ ލޯންޗުތަކުގެ ވެރިންވެސް ގޮވައިގެންނެވެ. އެގޮތުން ލޯންޗުތަކުގެ ވެރިންވެސް ބުނެފައިވަނީ ޖެޓީއަށް އުޅަނދު ކައިރި ކުރުމުގެ ތެރެއިން ހިލަތަކުގައި ޖެހި ބޮޑެތި ގެއްލުންތަކެއްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވުމުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

ކުޅުދުއްފުށި ސިޓީ ގައި އަލަށް ހަދާ ބަނދަރުގެ މަސައްކަތް ކުރިއަށް ދާގޮތް ބަލާލުމަށް ސިޓީ ކައުންސިލަށް...

Posted by Art Thif Arthif on Tuesday, April 27, 2021

ބަނދަރު ފުރަތަމަވެސް ހަދަން ފެށިއިރު ޑިޒައިންގައި ގިނަ މައްސަލަތަކެއް ހުރުމުން އެކަންކަން ބަދަލުކޮށްދޭ ކައުންސިލުން ނައިބު ރައީސް އަރިހުގައިވެސް އެދިލެއްވި އެވެ. އެކަމަކު ބަނދަރަކީ އޭޑީބީގެ ބަނދަރަކަށްވާތީ އެ މަސައްކަތް ނިމުމުން ސަރުކާރު އަލުން އެ ބަދަލުތައް ގެންނާނެކަމަށް ވިދާޅުވެ ކައުންސިލަށް ޖަވާބުދެއްވި އެވެ.

އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ ބަނދަރަކީ ކުޅުދުއްފުށީ ބަނދަރުކަމަށްވިޔަސް މިހާ ހިސާބަށް އައިއިރު ރަނގަޅު ފެންވަރުގެ ބަނދަރެއް ސަރުކާރުން މިރަށުގައި ހަދައިދީފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355