twitterviber whatsapp telegramfacebookyoutube instagram
6th September 2026

ފްލޫ ކްލިނިކުން ނެގި ތިން ސާމްޕަލެއް ޕޮޒިޓިވްވެ، ކުޅުދުއްފުށި ބަންދުކޮށްފި

އަބްދުލް ވާހިދު ޙަސަން
May 2, 2021
10

ފްލޫ ކުލިނިކަށް ދެއްކި ދެ އެއް އާއިލާގެ ތިން މެމްބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ކުޅުދުއްފުށި ސިޓީއަށް އަރާ ފޭބުން މަނާކޮށްފި އެވެ. ތިން މީހުން އިއްޔެ ޑޮކްޓަރަށް ދެއްކީ ބަލީގެ އަލާމާތްތައް ހުރެގެންކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެ އެވެ.

ޕޮޒިޓިވްވެފައިވަނީ ދެ މަފިރިއަޔާއި އާއިލާގެ އިތުރުން މެމްބަރެކެވެ. އެއީ 24 އަހަރާއި 35 އަދި 52 އަހަރުގެ މީހުންނެވެ. އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން އެޗްފީއޭއިން ވަނީ ކުޅުދުއްފުއްޓަށް އަރާ ފޭބުން މަނާކޮށްފަ އެވެ.

މިކަމަށް ސަމާލުވުމަށް ކައުންސިލުންނާއި ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުޅުދުއްފުށިން ނެގި ތިން ފުލޫ ސާމްޕަލްއެއް ޕޮޒިޓިވް ވުމާ ގުޅިގެން ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނައުމަށް ވަނީ...

Posted by Kulhudhuffushi Regional Hospital on Sunday, May 2, 2021

ހޮސްޕިޓަލުން ބުނީ މި ކޭސްއާ ގުޅިގެން އިތުރު ސާމްޕަލްތައް ނަގާނެ ކަމަށާ އަދި ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާ ކަމަށެވެ. ކުޅުދުއްފުށިން މޮނިޓަރިންގއަށް ލީއިރު ދިއްދޫ އާއި ށ ފުނަދޫއިން ކޮވިޑް ކޭސް ފެނި އެ ދެ ރަށްވެސް ވަނީ މޮނިޓަރިންގއަށްލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355