twitterviber whatsapp telegramfacebookyoutube instagram
1st June 2023

ހައި ރިސްކު މީހަކު ނެތް، ޕޮޒިޓިވްވި މީހުންގެ ހާލު ރަނގަޅު

ޚަދީޖާ އާދަމް
May 3, 2021

ކުޅުދުއްފުށީގައި ކޮވިޑަށް ޕޮޒިޓިވްވި 3 މީހުންނާއި ކޮންޓެކްޓްވި މީހުންގެ ތެރޭގައި ހައި ރިސްކު މީހަކު ނުހިމެނޭކަމަށާއި ޕޮޒިޓިވްވި 3 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލަކު ބުނީ ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ފާހަގަވި 44 މީހުންތެރޭގައި 3 ކުޑަކުދިން ހިމެނޭ ކަމަށެވެ. ނަމަވެސް ދާއިމީ ބައްޔާ ބޭސްކުރާ އަދި އުމުރުން ދުވަސް ވީ މީހަކުވެސް ކޮންޓެކްޓުގައި ނުހިމެނޭކަމަށެވެ.

ޕޮޒިޓިވްވި 3 މީހުންގެ ތެރެއިން އެކަކު ރޯގާގެ އަލާމަތްތައް ހުރި ނަމަވެސް އެންމެ ހާލުވެސް ރަނގަޅުކަމަށް އޮފިޝަލު މައުލޫމާތު ދިނެވެ. އެ 3 މީހުންނަކީ ވަކިން އެއް ގެޔެއްގައި އުޅޭ ބައެއްކަމަށާއި އެމީހުން ފުނަދޫ ފެސިލިޓީއަށް ގެންދަން ހަަމަޖެހިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ކޭސްތަކާއި ގުޅިގެން މިވަގުތު 13 ގެއެއް މޮނީޓަރިންނަށް ލާފައިވާއިރު މިހާތަނަށް ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްކަން ފާހަގަކޮށްލެވެއެވެ. މިއަދު ރޭންޑަމް ސާމްޕަލް ނެގުމުގެ ހަރަކާތެއް ކުރިއަށް ދާނެކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355