ރޯދަމަހު ގިނަ ގޭގޭގައި ހާރުދަމަށްވެސް އަދި ރޯދަ ވީއްލާ ވަގުތައްވެސް ބަތްޕެން ތައްޔާރު ކުރާނެއެވެ. މަސްކުރޮޅިއަކީ ބަތްޕެނާއެކު ކާން ވަރަށް މީރުވާނެ އެއްޗެކެޗެ.
ފުރަތަމަ މަހާއި ކާއްޓާ މިކްސަރަށް އަޅާ ހިމުން ވަންދެން މުގުރާލާށެވެ. ދެން ލުނބޯ، އާއި ލޮނު ފިޔަވާ ބާކީ ހުރި އެއްޗެހިވެސް މިކްސަރަށް އަޅައި އެއްކޮށްލާށެވެ.
ދެން މިކްސްކުރި ދެބައި ބޯތައްޓަކަށް އަޅާ ލޮނާއި ލުނބޯހުތް ޖަހާ ރަނގަޅަށް މޮޑެލާށެވެ. ބިލިމަގުން ބޭނުންވާވަރަށް ހުތް ރަހަ ލާނަމަ ލުނބޯހުތް ނުޖެހިއަސް އެންމެ ރަނގަޅުވާނެ އެވެ.