twitterviber whatsapp telegramfacebookyoutube instagram
19th March 2024

މިވަގުތު ރާއްޖޭގައި ހުރި ވެކްސިންގެ ސްޓޮކް މަދު

ޚަދީޖާ އާދަމް
May 4, 2021
1

މިވަގުތު ރާއްޖޭގައި ހުރި ވެކްސިން ސްޓޮކް މަދުކަމަށް އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވާ ކަމަށާއި އެކަމަކު ބާކީ ހުރީ ސީދާ ކިހާ މިންވަރެއްކަމެއް ސާފުނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމު މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް މިހާރު އިންޑިޔާގެ ކޮވިޑް ހާލަތު ގޯސްވުމުގެ ސަަބަބުން އެ ގައުމުން، އެހެން ގައުމުތަކަށް ވެކްސިން އެތެރެކުރުން ހުއްޓާލުމާ އެކު އެގައުމުން ރާއްޖެެއަށް ވެކްސިންލިބުން ވަނީ ހުއްޓިފައެވެ.

ނަމަވެސް މި ފަހުން ބޭއްވި އެޗްއީއޯސީގެ ޕްރެސް ކޮންފަރެންސެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވަނީ ރާއްޖެ އަށް ބޭނުންވާ ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑު-19 އިން ދިފާއުވުމަށް ރާއްޖެއިން ގަންނަ ވެކްސިންގެ 700،000 ޑޯޒް އަންނަ މަހު ލިބެން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް މި ހަފުތާގައި ވިދާޅުވި އެވެ.

ރާއްޖެ އިން މިހާތަނަށް 297،639 މީހަކު ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރެއިން 108،494 މީހުންނަކީ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355