twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވެކްސިން ނެތިގެން ދެވަނަ ޑޯޒް ނުޖެހި 26،000 ވުރެ ގިނަ މީހުން

ޚަދީޖާ އާދަމް
May 5, 2021

ވެކްސިން ޕްރޮގުރާމް މެދުކަނޑާލަން ޖެހުމުން ދެވަނަ ޑޯޒް ނުޖެހި 26،400 މީހަކު އެބަތިބި ކަމަށް ސަރުކާރުން ބުނެފި އެވެ. ވެކްސިން ޕްރޮގްރާމް މެދުކަނޑާލަން ޖެހުނީ ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވުމުންނެވެ.

ރާއްޖޭގައި ތިން ވެކްސިނެއް ޖަހަމުންދާއިރު އިންޑިއާއިން އުފައްދާ ކޮވިޝީލްޑް ވެކްސިން ވަނީ ހުސްވުމާއި ގާތުގައެވެ. ރާއްޖޭގައި މިހާރު ހުރީ 1،700 ޑޯޒްގެ ވެކްސިނެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް ދެ ހަފްތާއެއްހާ ދުވަސްތެރޭގައި ލިބޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވެ ވެކްސިން ޕްރަގްރާމް މެދުކެނޑުނުއިރު ފުރަތަމަ ޑޯޒް ޖަހާ 8 ހަފްތާ ވެފައިވާ އެތައް ހާސް ބަޔަކު އެބަތިބި ކަމަށެވެ. އެގޮތުން ރޭގެ ނިޔަލަށް 26،400 މީހަކު އެބަތިބި ކަމަށް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ވެކްސިން ޕްރަގްރާމް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން ވަރަށް ބޮޑަށް އުންމީދު ކުރި ކަމަށެވެ. އެއީ މި ހަފްތާގައި އިންޑިއާއިން އިތުރު 100،000 ޑޯޒް ލިބޭނެ ކަމަށް ކުރީން އުންމީދު ކުރެވިފައި އޮތީމައެވެ. ނަމަވެސް އެ ގައުމުގެ ހާލަތު ގޯސްވެ އެކަމަށް ހުރަސް އެޅުނީއެވެ. މަބުރޫކް ވިދާޅުވީ ކުރިއަށް ދެ ހަފްތާތެރޭ ވެކްސިން ލިބި އަލުން ވެކްސިން ޖަހަން ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355